Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލުން ދޫކުރި މީހުންނާ ގާތް އަދަދެއްގެ މީހުން ހައްޔަރު ކޮށްފި

އިސްރާއީލްއާ ފަލަޞްޠީންއާއި ދެމެދު އޮތް 4 ދުވަހުގެ ގައިދީން ބަދަލުކުރުމުގެ ތެރޭގައި އިސްރާއީލުން ދޫކުރި މީހުންނާ ގާތް އަދަދެއްގެ މީހުން ހައްޔަރު ކޮށްފިއެވެ.

ފަލަޞްޔީނުގެ ގައިދީންނާއި ބެހޭ ޖަމިއްޔާއިން މަޢުލޫމާތު ދިންގޮތުގައި، އިސްރާއީލާއި ހަމާސްގެ ގައިދީން ބަދަލުކުރުމުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި އިސްރާއީލުން މިހާތަނަށް މަދުވެގެން ފަލަސްތީނުގެ 133 މީހަކު ހައްޔަރުކުރާއިރު، ދޫކޮށްލާފައިވަނީ 150 މީހުނެވެ. އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާފައިވަނީ، 117 ކުޑަކުދިންނާއި 33 އަންހެނުންނެވެ. އަދި ހަމާސްއިން ދޫކޮށްލާފައިވަނީ، 69 ގައިދީންނެވެ. އެއީ، 51 އިސްރާއީލް ރައްޔިތުންނާއި ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރެވިފައިވާ އެހެން ޤައުމުތަކަށް ނިސްބަތްވާ 18 ގައިދީންނެވެ.

އިސްރާއިލްއާއި ޣައްޒާގެ ޖަމާއަތެއް ކަމަށްވާ ހަމާސްއާ އެކު ގައިދީން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށްދާއިރު، އިސްރާއީލުން ދިޔައީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި މެދުނުކެނޑި ފަލަޞްޠީނުގެ ރައްޔިތުން ހައްޔަރުކުރަމުންނެވެ.

ގަތަރު މެދުވެރިކަމުގައި ހަނގުރާމަ ހުއްޓާލީ އިސްރާއީލުން ވަށާލެވިފައިވާ ޣައްޒާއަށް 51 ދުވަސް ވަންދެން ކެތްތެރިކަމެއް ނެތި ބޮން އެޅުމަށްފަހުގައެވެ. އޭގެ ފަހުން، އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާއިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް، އިސްރާއީލުން 56 އަހަރު ވަންދެން ހިފާފައިވާ އިރު، އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ގެތަކަށް ރޭގަނޑު ވަދެ، "މަޑުމައިތިރި" ދުވަސްތަކެއްގައި 15 އާއި 20 މީހުން ހައްޔަރު ކުރެއެވެ.

ހަމަނުޖެހުން ހުއްޓާލަން ފެށުނު ފަހުން ރަމަاللهގެ މަގުތަކުގައި ފެންބޮޑުވެފައި ވަނީ މިނިވަން ކުރެވިފައިވާ ގައިދީންނަށް މަރުހަބާ ކިޔާ މީހުންގެ މަންޒަރުތަކުންނެވެ.

މި ލިއުމާއި ގުޅޭ