Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

މަޖިލީސް އިންތިޚާބުގެ ތާރީހާއިމެދު އީސީއާއި ކޮމިޓީއިން ހިޔާލު ތަފާތުވެއްޖެ

2023 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހާއި މެދު އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ހިޔާލު ތަފާތުވެއްޖެއެވެ.

މިއަދު މިނިވަން މުއްސަސާތަކާއިއެކު ބޭއްވި ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނީ އިންތިޙާބު ފަސްކޮށްދެއްވުމަށެވެ. މީގެ ކުރިންވެސް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އީސީއަށް އިންތިޙާބު ފަސްކުރުމަށް އަންގާފައިވެއެވެ. ނަމަވެސް އެފަހަރުވެސް އީސީއިން އެކަމާއި ދެކޮޅުހަދާ ބުނެފައިވަނީ، ރޯދައިގެ ފަހަށް އިންތިހާބު ފަސްކޮށްފިނަމަ އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ބުނެފައިވަނީ، ރަޢިސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރޯދަމަހުގެ ފަހު 10އަކީ ބަންދުދުވަސްތަކެއްގެ ގޮތުގައި ނިންމަވަން ވިދާޅުވެފައިވުމަކީ ޤާނޫނީގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށް ހުއްޓުމަކަށް އަންނާނެކަމެއް ނޫންކަމަށެވެ. އެހެންކަމުން، ޤާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް އެ ދުވަސްތަކުގައިވެސް ކުރިޔަށް ދާނެކަމަށް އެ ކޮމިޓީއިން ބުނެފައިވެއެވެ.

އަދި މީގެ އިތުރުންވެސް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އިންތިހާބު އަވަސްކުރުން ނިންމައިފިނަމަ، އެކަމުގެ ސަބަބުން މަޖިލީސް އިންތިޙާބުގައި ވާދަކުރާފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި އޭގެ އިތުރުން، މަޖިލީސް އިންތިހާބު އަވަސް ކޮށްފިނަމަ އިންތިހާބުގައި ފަރާތްތަކަށް މެމްޕެއިން ކުރުމުގެ ފުރުސަތު ހަނިވެގެން ދާނެކަމަށެވެ.

މިގެ އިތުރުންވެސް ރޮޒައިނާ ވިދާޅުވެފައިވަނީ، އިންތިޙާބުގެ ދުވަސްވަރު ސްކޫލްތަކުގެ މޮކް އެގްޒާމްއާއި ދިމާކޮށްފިނަމަ. އޭގެ ސަބަބުން އެތައް ދަރިވަރުންނަކަށް އުނދަގޫ ވާނެކަމަށެވެ. އަދި އޭގެ ސަބަބުން ދަރިވަރުންތައް ކަރުދާހަށް ދޭ ސަމާލުކަން ކުޑަވުންވެސް އެކަޝީގެންވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އަދި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ބުނެފައިވަނީ، އީސީއިން ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވި ވިދާޅުވުމަކަށް ބިނާކޮސް އެހާބޮޑު އިންތިޙާބެއްގެ އަވަސްކުރުމަށް އުޅުމަކީ އެއްމެ އެދެވޭ ކަމެއް ނޫންކަމަށެވެ. އެފަދަ ކަންކަމަކީ އަވަސް އަރުވާލައިގެން ކުރަންޖެހޭ ކަންކަމެއް ނޫންކަމަށް އެ ކޮމިތީއިން ބުނެފައިވެއެވެ.

އެކަންކަމާއި ގުޅޭގޮތުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅިވީ އެ ކޮމިޝަނުން މީގެކުރިންވެސް ހުށަހަޅާފައިވާ މައްސަލައަކީ ޤާނޫނަށް ބަދަލު ގެނެވޭތޯ ހުށަހެޅި މައްސަލައެއްކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިންތިހާބު އަވަސްކުރަން ނިންމުމަކީ އިންސާފުން ބޭރުވުންނޫން ކަމަށް ފުއާދު ވިދާޅުވިއެވެ.

އަންނަ މޭ މަހުގެ 28 ވަނަ ދުވަހު މިހާރުގެ މަޖިލީސް މެމްބަރުގެ މުއްދަތު ހަމަވާއިރު، ކުރިޔަށް ބޭއްވުމަށް ހަމަޖެހިފައި އޮތް މަޖިލީސް އިންތިހާބުގެ ތާރީޚް އަދި ޔަގީން ނުވެއެވެ. ނަމަވެސް ޤާނޫނުގައި ވާގޮތުން މަޖިލީސް އިންތިހާބު ބޭއްވޭނީ މާރޗް 19ގައެވެ.

މި ލިއުމާއި ގުޅޭ