Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީނުގެ އައު ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައިގެން އުފައްދަވާ އައު ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ރައީސް ޔާމީން އެ ޕާޓީ ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމަށް ނިންމަވައި، އެ ޕާޓީ އުފެއްދެވުމަށް މުއައްސިސެއްގެ ގޮތުގައި ކަނޑައެޅުއްވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީނެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެން ހުށަހެޅުއްވީ ނިމުނު ހަފުތާ ތެރޭގައެވެ.

އެ ޕާޓީ އުފެއްދެވުމުގެ އަމަލީ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީނުގެ އިސްވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދާއި، އޭނާގެ ކޮއްކޯފުޅު އަދި ކުރީގެ ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު އެ ޕާޓީއަށް މެންބަރުން ހޯދައި 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް މިހާރުވެސްވަނީ ފަށާފައެވެ. އެގޮތުން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް އެ ޕާޓީގެ މެމްބާޝިޕު ފޯމު ޑައުންލޯޑުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

ރައީސް ޔާމީނު ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ އެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނަށް ވެރިކަން ލިބުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މި ލިއުމާއި ގުޅޭ