Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރެއްވީ ކޭޕާކް މަންޑޭގެ އަންހެނުންނެއް ނޫން

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ, ކޭޕާކް ރެސިޑެންސްއިން އެޕާޓްމަންޓް ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވައިލި މައްސަލާގައި ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ޙަސަން މަމްދޫހު (މަންޑޭ) ގެ އަންހެނުންކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށް، އިދިކޮޅު ފަރާތްތަކުން އަންނަނީ އެ އަޑު ވަރަށް ބޮޑަށް ފަތުރަމުންނެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ ޝަހުދާއަކީ މަންޑޭގެ އަންހެނުން ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

މިފާޑުކިޔުންތަކުގެ މަޤުޞަދަކީ މަންޑޭއަށް ތުހުމަތުވާ ޚިޔާނާތުގެ މައްސަލަތަކާ އައު ސަރުކާރުގެ ވަޒީރުންނާ ގުޅުވުމެވެ. އެގޮތުން އިޤުތިޞާދާ ބެހޭ ވަޒީރަށް މި މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް މީސްމީޑިއާގައި އެކި ވާހަކަތައް އަންނަނީ ފަތުރަމުންނެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ނައިބު ވަޒީރުކަމަށް އައްޔަންކުރެއްވި ޝަހުދާއަކީ މަންޑޭގެ އަންހެނުން ޝަހުދާއާ މުޅިން ތަފާތު އެހެން ބޭކަނބަލެކެވެ.

މަންޑޭގެ އަންހެނުންގެ ނަމަކީ އާމިނަތު ޝަހުދާއެވެ. އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި ޝަހުދާއަކީ މަންޑޭގެ އަންހެނުންނެއް ނޫނެވެ.


އެކަމަނާގެ ފުރިހަމަ ނަމަކީ ޢާއިޝަތު ޝަހުދާ ޢަބްދުﷲ އެވެ. އެޑްރެހަކީ ހ.ސެނާއާގެ އެވެ.

ޝަހުދާއަކީ އިގުތިސާދީ ދާއިރާއިން ޕީއެޗްޑީއެއް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ކިޔަވައި ވިދާޅުވީ ބުރޫނާއީ ދާރުއްސަލާމް ޔުނިވަރސިޓީއިންނެވެ.


ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުން ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރައްވާނީ އެމަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅުންނެވެ. އަދި އެ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ.
މި ލިއުމާއި ގުޅޭ