Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

މީހަކު ނިޔާވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ މި އެކްސިޑެންޓް ހިނގީ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ތިން ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިިބި ހަތަރު މީހުންނަށް އަނިޔާވިއެވެ. އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެ ތަނުން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ހަމަ އެ ރޭ ވަނީ ދޫކޮށްލައިފައެވެ.

ހާލު ސީރިއަސްވި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. ވެންޓިލޭޓަރުގައި އޮއްވައި ހ.ޒަފޫފް އިސްމާޢީލް ވަޙީދު ނިޔާވީ އިއްޔެރޭ ދަންވަރު 02:07 ހާއިރުއެވެ.

އިސްމާއީލުގެ އަންހެނުން ސ.ހިތަދޫ ކުރިބޯށިގޭ އައިޝަތު މަނިކުގެ ހާލުވެސް ސީރިޔަސް ކަމަށް އާއިލާއިން ވަނީ މައުލޫމާތުދީފައެވެ. އޭނާވެސް އޮތީ އައިސީޔޫގައެވެ. ޑޮކްޓަރުންނާއި ޙަވާލާދީ ޢާއިލާއިން ބުނީ ޢައިޝަތުގެ ބޮލަށާއި އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ.

އެކްސިޑެންޓުގެ މައްސަލައިގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ހުޅުމާލެ ކޯޓުން އިއްޔެ ވަނީ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ