Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

އަމީރުގެ އިތުރުފުޅެއް: ދަރަންޏެއް ނެގުމަށް ދައުލަތުގެ މުދަލެއް ރަހުނެއް ނުކުރަން

ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާންމު ފަރުދެއްގެ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުދަލެއް ރަހުނު ކުރެވިފައި ނުވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ބައެއް މެންބަރުން މިދިޔަ ސަރުކާރުގެ މިނިސްޓަރުންނާ ކުރައްވާފައިވާ ސުވާލުތަކާއި އެ ސުވާލުތަކުގެ ޖަވާބުގެ ގޮތުގައި މިނިސްޓަރުން ފޮނުއްވި ސިޓީތައް އިއްވައިފައެވެ.

އޭގެތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު ކުރީގެ މިނިސްޓަރު އަމީރާ ކުރައްވާފައިވާ ހަތަރު ސުވާލެއް ހިމެނެއެވެ.

އެއް ސުވާލަކީ ސެކުއަރޑް ޑެޓްސްގެ ތެރެއިން އާންމު ފަރުދުންގެ މުދާ (ބިން, އިމާރާތް, އޮޑިދޯނިފަހަރު ފަދަ ތަކެތި) ސެކިއުރިޓީގެ ގޮތުގައި ބޭނުންކޮށްގެން ނަގާފައިވާ ލޯނުގެ މިންވަރަކީ ކޮބައިތޯއާއި ދައުލަތުގެ މުދާ ސެކިއުރިޓީގެ ގޮތުގައި ބޭނުންކޮށްގެން ނަގާފައިވާ ލޯނުގެ މިންވަރަކީ ކޮބައިތޯ މެންބަރު ކުރެއްވި ސުވާލެވެ.

އެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވެފައިވަނީ ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާންމު ފަރުދެއްގެ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުދަލެއް ރަހުނު ކުރެވިފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ސަރުކާރުން ދޫކޮށްފައިވާ ސަބްސިޑީޒްގެ ޖުމްލަ އަދަދަކީ ކޮބައިތޯއާއި އެކަން ކޮށްފަިއވަނީ ދައުލަތުގެ ބަޖެޓުގައިވާ ގޮތަށްތޯ ކުރެއްވި ސުުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވެފައިވަނީ ސަބްސިޑީޒްތައް ދޫކުރަނީ އެ އަހަރެއްގައި ފާސްކޮށްފައިވާ ބަޖެޓުގައި ސަބްސިޑީޒްތަކާއި އެ ސަބްސިޑީޒްއެއް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުން ކަމަށެވެ.

އަދި ދައުލަތުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދަކީ ކޮބައިތޯއާއި އަދި އެ ފައިސާގެ ތެރެއިން ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއިފޮރިންޑެޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މިންވަރަކީ ކޮބައިތޯ ވެސް މެންބަރު ސުވާލު ކުރެއްވިއެވެ.

އަމީރު ވިދާޅުވެފައިވާ ގޮތުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެތެރޭގެ ދަރަނީގެ އަދަދަކީ 54706 މިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނީގެ އަދަދަކީ 32749 މިލިއަން ރުފިޔާ ކަމަށެވެ.

އަމީރު ހެއްދެވީ އިތުރުފުޅެއް, ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފައި:

ކުރީ ސަރުކާރުން ރަހުނުކޮށްފައި އޮތީ ދެ ތަނެެއް ތިން ތަނެއް ނޫން ކަމަށާއި ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފައި ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

''ރަހުނުކޮށްފަ އޮތީ ދެ ތަނެެއް ތިން ތަނެއް ނޫނޭ. ހުރިހާ ސްކޫލުތައް ވެސް ހުރީ ރަހުނުކޮށްފަ. އަޅުގަނޑަކަށް ނޫންތޯ އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑު މި ހުރި މަގާމުގެ ހައިސިއްޔަތުން މާލޭގެ މޭޔަރަކަށް ހުރެގެން. ރަހުނު ކޮށްފަ ލޯނު ނަގަނީ ލޯނު ނަގަނީ.''

ރަހުނު ކުރުމުގެ ބޭނުމުގައި 2021 ވަނަ އަހަރު ސަރުކާރުން ވަރަށް ގިނަ ސްކޫލުތައް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށަށް ވެސް ބަދަލުކުރިއެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނުކޮށްފައި ކުރީ ސަރުކާރުން ވަނީ ބޮޑު ލޯނެއް ނަގާފައެވެ.
މި ލިއުމާއި ގުޅޭ