Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

18 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި

އަންނަ ޖެނުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިިފިއެވެ.

އީސީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން އޮންނާނެ ކަމަށެވެ.

އެ ރަށްތަކާއި އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އަދަދު:

ހދ.މަކުނުދޫ (1 މެންބަރު)
ހދ.ނޭކުރަންދޫ (1 މެންބަރު)
ށ.ކަނޑިތީމު (1 މެންބަރު)
ނ. މާޅެންދޫ (1 މެންބަރު)
ރ.މަޑުއްވަރީ (1 މެންބަރު)
ރ.ރަސްގެތީމު (1 މެންބަރު)
ބ.ފުޅަދޫ (1 މެންބަރު)
ބ.ދަރަވަންދޫ (1 މެންބަރު)
ބ.ފެހެންދޫ (1 މެންބަރު)
ބ.ކެންދޫ (1 މެންބަރު)
ކ.ގާފަރު (1 މެންބަރު)
އއ.ތޮއްޑޫ (1 މެންބަރު)
އދ.މަންދޫ (1 މެންބަރު)
މ.ރަތްމަންދޫ (1 މެންބަރު)
މ. މުލަކު (1 މެންބަރު)
ފ.ބިލެތްދޫ (1 މެންބަރުން)
ނ. މަނަދޫ ( 2 މެންބަރުން)
ވ.ތިނަދޫ ( 5 މެންބަރުން)

އީސީއިން ހާމަކުރި ގޮތުގައި މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޑިސެމްބަރު 13 ވާ ބުދަ ދުވަހުގެ 14:00 އެވެ.

އީސީއިން ވަނީ ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހު މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ވެސް ބާއްވަން ނިންމައިފައެވެ.
މި ލިއުމާއި ގުޅޭ