Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވާލުކޮއްފިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ތަޅުމަށް އެގެންޑާކޮށްފައިވެއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަކުން އެންމެ ފުރަތަމަ ފެންމަތިވީ މި މަހު 20 ވަނަ ދުވަހުގައެވެ.

މީގެ އިތުރުންވެސް، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ، 50 މެންބަރުންގެ ސޮޔާއިއެކީއެވެ. އެއީ އެމްޑީޕީއެގެ 49 މެންބަރުންނާއި މިނިވަން މެންބަރު ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲގެ ސޮޔެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާއަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވާފައިވަނީ މި މަހު 20ވީ ހޯމަ ދުވަހުގައެވެ. އެހެންކަމުން މަޖިލީހު ޤަވާއިދުގައި ބުނާގޮތުން މި އަންނަ މަހުގެ 4ވާ ހޯމަ ދުވަހުގެ ނިޔަލަށް ވަގުތު ދިނުމަށްފަހު ބާއްވާ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެ މައްސަލަ ކުރިޔަށް ދާންވާނެއެވެ.

އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އާދީއްތަ ދުވަހު އީވާ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގެ އާނމު ކޮމިޓީއިންވަނީ ނިންމާފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމުގައި އިސްކޮށް އުޅޭ ޕާޓީ، އެމްޑީޕީއިން ބުނެފައިވަނީ، އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ އުފުލާފައިވަނީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް އިތުބާރުނެތްކަމުގެ މައްސަލަ ނެގި އިރު އީވާގެ އަމަލުތައް ހުރިގޮތުން ކަމަށެވެ. އަދި މީގެ އިތުރުންވެސް، އީވާ މަޖިލީހަށް އިންތިޙާބުކުރެވުނީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓެއްގައެވެ. ނަމަވެސް އީވާ ވަނީ އެ ޕާޓީގެ ކެންޑިޑޭޓުންގެ އިގުރާރާ ހިލާފުވެފައެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ، އެމްޑީޕީއަށް އީވާގެ އިތުބާރު ނެތްކަމަށް އެ ޕާޓީއިން ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ