Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ހައިވޭގައި ދުއްވަމުން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހިއްޖެ

ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ހަރުކޮށްފައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންނަށް އެފަދަ އެކްސިޑެންޓެއްގެ ރިޕޯޓު ލިބިފައިވެއެވެ. އަދި އެ އެކްސިޑެންޓުގައި އެއްވެސް ފަރާތަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު މީހަކު މަޢުލޫމާތު ދިން ގޮތުގައި، އެ ކާރު އޮތީ މާލެ އަންނަންވެގެން ދަތުރުކުރާ ފަޅީގައެވެ. އަދި އެވަގުތު އެ ސީންގައި 2 ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށާއި ޓްރެފިކް ތޮއްޖެހުނަ ނުދީ އެ ސަރަހައްދު ބަންދުކޮށް ކާރުތަކަށް މަގު ދައްކަމުން ދާކަމަށް އޭނާ ބުނެފައިވެއެވެ. މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

މި މަހުގެ ތެރޭގައި ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ. މިދިޔަ ހޯމަ ދުވަހުވެސް ހައިވޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު މީގެ ހަފްތާއެއް ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ގަވާއިދާ ހިލާފަށް ދުއްވާފައިދިޔަ ކާރަކާއި ސައިކަލުތަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން، މިދިޔަ ހޯމަ ދުވަހު މީހަކު ނިޔާވެފައިވެއެވެ.

މި ލިއުމާއި ގުޅޭ