Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ޕީއެސްއެމް ނިއުސްރޫމްގެ ހިންގުން ވަގުތީގޮތުން ބަދަލުކޮށްފި

ޕީއެސްއެމް ޕަބްލިކް ސާވިސް މީޑިއާގެ ނިއުސްރޫމް ހިންގުން ވަގުތީގޮތުން ސީނިއާ ނޫސްވެރިޔާ ހުސެއިން އަމީންއާ ހަވާލުކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ނިއުސްހެޑުގެ މަޤާމަށް ބަދަލު ގެނެސްފައިވަނީ ކުންފުނީގެ ހިންގުމަށް ތަނުގެ އެމްޑީއަށް ގެންނަން ފެންނަ ބަދަލުގެ ތެރެއިން ފުރަތަމަ ގެނައި ބަދަލެއްގެ ގޮތުގައެވެ. ޕީއެމްއެމްގެ އެމްޑީ ޒީނާ ޒާހިރު މަޤާމާއި ހަވާލުވުމަށްފަހު އެބަދަލު ގެނައީ ނިއުސް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަފަޒަލް ފީޑް ބެކާއި، އޭނާއާއި ގުޅޭގޮތުން ލިބިފައިވާ ގިނަ ޝަކުވާތަކަށް ބެލުމަށްފަހުއެވެ.

އަފްޒަލް ޕީއެސްއެމްގެ ނިއުސްހެޑަކަށް ހަވާލުވީ 2018 ވަނަ އަހަރު އޭރު އަލަށް ބަދަލުވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އިސްވެރިންތަކެއް އޭރުގެ އެމްޑީއޭއާއި، ޑީއެމްޑީއަށް އިންޒާރުދީ، އެކަން އެގޮތަށް ކުރަން އަންގައިގެންނެވެ. އޭނާ ނިއުސްހެޑަކަށް އައްޔަން ކުރިއިރު، އޭގެ ކުރިން އޭނާ ވަނީ ތަނުގެ ބައެއް ކޮންޓެންޓާއި މުހިންމު މައުލޫމާތު ނާޖައިޒު ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކާއި ގަނުގެ ގަވާއިދާއި ޚިލާފަށް ދީފައެވެ. އަދި މިމަސައްލާގައި އޭނާ ވަނީ އިދާރީ ފިޔަވަޅު އަޅައި ނިއުސްރޫމުން ދިވެހި ރާއްޖޭގެ އަޑަށް ބަދަލުކޮށްފައެވެ.

ނިއުސްރޫމު ހިންގުމާއި ހަވާލުވިފަހުން އަފްޒަލްގެ ދަށުގައި ތިބި އެތައް މުވައްޒިފުންނެއް ވަނީ ތަނުން ކެޑިގެން ގޮސްފައެވެ. ޒާތީ ގޮތުން މުވައްޒިފުންނާއި ޖައްސާލުމާއި، މަޖުބޫރުން މަސައްކަތް ކުރުމާއި، ތަނުގެ އުސޫލުތަކާއި ޚިލާފަށް އެތައް ކަމެއް ކުރުމުގެ އެތައް މައްސަލައެއް އަފްޒަލް އާއި ގުޅޭގޮތުން އެތައް މުވައްޒިފެއް ވަނީ އެކުންފުނީގެ އެޗްއާރަށް ހުށަހަޅާފައެވެ. ނަމަވެސް ނިމިދިޔަ މެނޭޖްމަންޓުގައި އޭނާގެ މައްސަލަ ބަލަން އުޅުމުން އެޗްއާރު ހެޑަށް ހުންނެވި ބޭފުޅާވެސް ވަނީ ބަދަލުކޮށްފައެވެ. ދައުލަރުގެ މީޑިއާއި މިދިޔަ ފަސް އަހަރު އެންމެ ގިނަ މުވައްޒިފުން ކެނޑިގެންދިޔަ ޑިޕާޓްމަންޓަކީ ނިއުސްރޫމެވެ.

މިފަދަ އެތައްކަމަކާއިއެކު އަފްޒަލްގެ ޒިންމާތައް މިވަގުތު ހަވާލުކޮށްފައިވަނީ ސީނިއާ ޖާނަލިސްޓް ހުސެއިން އަމީނާއެވެ. އޭނާއަކީ 2007 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގައި މަސައްކަތް ކުރަމުންދާ ނޫސްވެރިއެކެވެ. އޭނާ ވަނީ މިއަދު ނޫހާއި، ދިޓީވީއާއި، ޗެނަލް 13 އަދި ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިޝަލުކަންވެސް ކޮށްފައެވެ. އަމީންގެ ދެ ޑެޕިއުޓީންނަކީ ޖިނާހުއައި، ޖަދުވާންއެވެ.


ދައުލަތުގެ މީޑިއަ ހިންގުމާއި ހަވާލުވެ ހުންނެވި ޒީނާ ވަނީ ތަނުގެ ހިންގުން ހަރުދަނާކޮށް އޮތް ބޮޑު ދަރަނިން ސަލާމަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ތަނުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި، އެނޫންވެސް ގިނަ ބަދަލުތަކެއް ތަނަށް ގެނައުމަށް އެމްޑީ ޒީނާ ވަނީ ނިންމަވާފައެވެ.

ކުންފުނިތަކުގެ އެކި ޑިޕާޓްމަންޓްތަކަށް ބަދަލު ގެނައުމަކީ އަބަދުވެސް ހިނގާ އާންމުކަމެކެވެ.
މި ލިއުމާއި ގުޅޭ