Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާގައި ގައިންގަޔަށް އަރާ ރޯގާތަކެއް ފެތުރިދާނެކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފި

ޣައްޒާގައި ބޭރަށް ހިންގުމާއި، ކޮލެރާ ފަދަ ގައިންގަޔަށް އަރާ ރޯގާތަކެއް ފެތުރިދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ދީފި އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ އިސްރާއީލާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފަލަސްތީނުގެ ހިފާފައިވާ ސަރަޙައްދުގެ ސިއްހީ ނިޒާމު މިހާރުން މިހާރަށް ހަމައަކަށް ނޭޅިއްޖެ ނަމަ، ބޮމުގެ ހަމަލާތަކުގެ އަސަރުކޮށްފައިވާ ގިނަޢަދަދެއްގެ މީހުންނަށް ދުނިޔެ ދުވަހަކުވެސް ދެކެފައި ނުވާފަދަ ނުރައްކާތެރި ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ޣައްޒާގެ މައި ހޮސްޕިޓަލް (އައްޝިފާ ހޮސްޕިޓަލް) ސުންނާފަތިކޮށް، ހަލާކުކޮށްލުމަކީ "ހިތާމަވެރި ހާދިސާއެއް" ކަމަށް ސިފަކުރައްވަމުން ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ، މި ސިއްހީ ނިޒާމު އަލުން ހަމައަކަށް ނޭޅުވިއްޖެ ނަމަ ބޮމުގެ ހަމަލާގައި މަރުވި މީހުންނަށްވުރެ އޭގެ ފަހުން މަރުވާނެ މީހުން މާގިނަވާނެކަމުގައެވެ.
މަހަކަށްވުރެ ގިނަ ދުވަހަށް ދިގުދެމިގެން ދިޔަ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 15000 އަށް ވުރެ ގިނަ މީހުން މަރުވެ، އާބާދީ ބޮޑު ސަރަހައްދުގެ ސިއްހީ އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކަރަންޓު ކެނޑި، ތެޔޮ ނުލިބި، އަދި އެއްވެސް ވަސީލަތެއްނެތި ގިނަހޮސްޕިޓަލްތަކެއްގެ ޚިދުމަތް މެދުކެނޑިފައިވާއިރު، އިސްރާއީލުގެ ދިފާއީ ބާރުތަކުން ވަނީ ގިނަ ސިއްހީ ހިދުމަތްތެރިންތަކެއް ބަންދުވެސް ކޮށްފައެވެ.
އޭނާ ވިދާޅުވީ މިމައްސަލަތަކަށް ޙައްލެއް ނުލިބިއްޖެނަމަ، ޞިއްޙީ ޚިދްމަތް ނުލިބުމުގެ ސަބަބުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އުފެދިދާނެކަމަށާއި، ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކާއި، އިންފެކްޝަންތަކާއި، ދާއިމީ ބަލިތަކަށް 2 މިލިއަން މީހުންގެ އާބާދީގައި ފަރުވާ ނުލިބިދާނެކަމަށެވެ. ތަކުރާރުކޮށް ހިނގަމުންދާ ހަމަނުޖެހުންތަކާއި، މިހާރު ހިނގަމުންދާ ބްލޮކްޑައުންގެ އަސަރުތަކުން އަދިވެސް ޣައްޒާގެ އާންމުން ތިބީ ނުރައްކަލުގެ ތެރޭގައެވެ.
ޑަބްލިއުއެޗްއޯއިން ފަލަސްތީނުގެ ޞިއްޙީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ޢާއްމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތްތައް ކޯޑިނޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިސްރާއީލުން އެ ސަރަޙައްދަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަށް ހުރަސްއެޅިފައިވާ ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ޣައްޒާއާއި، ހުޅަނގު އައްސޭރީގެ ސަރަހައްދުގައި މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ދެމިއޮތްނަމަ، ޒަރޫރީ ސިއްހީ ހިދުމަތްތައް ހޯދުމުގައި އަދިވެސް މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ