Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާބަންކޯ

ހިޔާ ފްލެޓްގެ ފިނިޝިންއަށް ބަދަލު ލިބޭނެ: ފަޒުލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންގް މަސައްކަތަށް ދޭން ބުނި ބަދަލު ލިބޭނެ ކަމަށް އާބަންކޯގެ އައު މެނޭޖިންގް ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އާބަންކޯއަށް މިއަދު އައްޔަން ކުރެވުނު ފަޒުލް ރަޝީދު ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓްތަކުގެ ފިނިޝިނއަށް ދޭން ބުނި ފައިސާ ހިޔާ ފްލެޓުގެ ވެރިންނަށް ލިބޭނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ މި ފައިސާ މި ސަރުކާރުން ނުދޭނެ ކަމަށް ބުނެ މީސްމީޑިޔާގައި އަޑުތައް ފެތުރެމުން ދަނިކޮށެވެ.

ހިޔާ ފްލެޓް އަލަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެ ފްލެޓްތައް ހައްޤުވެރިންނަށް ދިނީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެހެންނަމަވެސް އެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ޖެހުނީ ފްލެޓްތަކުގެ ވެރިންގެ އަމިއްލަ ޖީބުންނެވެ. ކުރީ ސަރުކާރުން ބުނީ ފްލެޓްތަކުގެ ފިނިޝިޕް މަސައްކަތް ނިންމުމަށް ހިމެނިފައި ނެތް ކަމަށެވެ.

މިކަމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފިނިޝިން މަސައްކަތަށް ޚަރަދުވި ފައިސާގެ ބަދަލުގައި ކޮންމެ ފްލެޓެކަަށް 200،000ރ. ދޭނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ މި ސަރުކާރުން ދޭން ބުނި ފައިސާ ނުދޭނެ ކަމަށް ބުނެ މީޑީޔާގައި ފަތުރަމުންދަނި ދޮގު ވާހަކަތަކެއް ކަމަށާއި ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެމަސައްކަތްވެސް ކުރިޔަށްދާނެ ކަމަށެވެ.

ހިޔާ މަޝްރުޢޫގެ ދަށުން 7000 ޔުނިޓު އިމާރާތް ކުރި ނަމަވެސް ސޯޝަލް ހައުސިންގް އަށް ދޫކޮށްފައިވަނީ 6720 ޔުނިޓެވެ. އެހެން ކަމުން ފްލެޓަކަށް 200،000ރ. ގެ މަގުން ބަލާ ކަމަށް ވަންޏާ ބަދަލު ދިނުމަށް 1.3 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މި ލިއުމާއި ގުޅޭ