Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުލުހެއްގެ އަނގަމަތި ފަޅާލި މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދީ އަނގަމަތި ފަޅާލި މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނާގޮތުން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި އެމީހާ ވަނީ ފުލުސް މީހާއަށް ހަމަލާދީ އޭނަގެ އަނގަމަތި ފަޅާފައެވެ. މި ހާދިސާގައި އަނިޔާ ލިބުނީ ޖަނަވަރީމަގުގައި ޕެޓްރޯލް ކުރަން އުޅުނު ފުލުހަކަށެވެ.

ފުލުހުން ބުނީ މިރޭ 8:19 ހާއިރު ޖަނަވަރީ މަގުގައި ހުރި ޓްރެފިކް ފުލުހަކު އެމީހާ ހައްޔަރުކުރަން އުޅުމުގެތެރޭގައި ފުލުސްމީހާއަށް އަނިޔާވެ ފަރުވާދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގެ މަގުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް މިވަނީ ގިނަވެފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް އަނިޔާކުރުންވެސް މަދެއް ނޫނެވެ.

ރޯމާ ދުވާލު އަދި ރޭގަނޑުގައި މަގުމަތީގައި މަސްތުވާތަކެތި ވިއްކާ ހަދައެވެ. މިކަންތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ތަންތަނަށް ރެއިޑް ޖަހައި އެފަދަ މީހުން ހައްޔަރުކުރެއެވެ. އެހެންނަމަވެސް ހިތާމައަކީ އެމީހުންނަށް އެކަށީގެންވާ އަދަބު ނުލިބޭތީއެވެ. ދިހަ ވަރަކަށް ދުވަހު ފުލުހުންގެ ބަންދުގައި ހުރުމަށްފަހު ނުކުމެ ދެން އެ ވިޔަފާރި ހިންގާލަނީ އެއަށްވުރެ ބާރު ސްޕީޑެއްގައެވެ.

މި ލިއުމާއި ގުޅޭ