Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

ދިވެހި މަހުގެ އުފެއްދުންތައް ތުރުކީއަށް ބޭރުކުރުމުގައި ހުރި ދަތިތައް ނައްތައިލުމާމެދު މަޝްވަރާކޮށްފި

ދިވެހިރާއްޖެެއިން ބޭރުކުރާ މަހުގެ އުފެއްދުންތައް ތުރުކީއަށް ބޭރުކުރުމުގައި ހުރި ދަތިތައް ނައްތައިލުމާ ގުޅޭ ގޮތުން ތުރުކީއާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ މަތީ ފަންތީގެ ވެރިންތަކެއް ހިމެނިވަޑައިގަންނަވާ ވަފުދެއް ތުރުކީއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި މަޝްވަރާތައް ބޭއްވީ ތުރުކީގެ ވިޔަފާރިއާ ބެހޭ މިނިސްޓަރީގެ ނައިބު މުޞްޠަފާ ތުޝްކޫއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމާ ގުޅޭ ގޮތުން ޚާރިޖީވަޒީރު މޫސާ ޒަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުރުކީގެ ޓްރޭޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޞްޠަފާ ތުޝްކޫ ރައީސް އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި، އޭނާއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށާއި، އެގޮތުން ދިވެހި މަހުގެ އުފެއްދުންތައް ތުރުކީގެ ބާޒާރަށް ވެއްދުމުގައި އިތުރު ލުއިތަކެއް ލިބުމުގެ ބޭނުންތެރިކަން ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޚާރިޖީވަޒީރު އިތުރަށް ވިދާޅުވީ ވިޔަފާރީގެ ގުޅުން ބަދަހިކޮށް ދިވެހި މަހުގެ އުފެއްދުންތައް ތުރުކީ ބާޒާރަށް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތައިލުމުގެ ގޮތުން ތުރުކީއަށް ބޭރުކުރާ ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުންދާ ޑިއުޓީ ނައްތައިލުމާމެދު މަޝްވަރާކުރެވުނު ކަމަށެވެ.

އަދި މިނިސްޓަރު ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރެވުމުން، ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިއްޔެ ރައީސް ޑރ.މުޢިއްޒުވަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. ރައީސްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބޭރު ޤައުމަކަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ތުރުކީގެ މެދުގައި ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، އަންނަ އަހަރުން ފެށިގެން 35 ސްކޮލާޝިޕް ފުރުސަތު އެ ޤައުމުން ރާއްޖެއަށް ދިނުމަށްވަނީ ނިންމާފައެވެ.

ރައީސް ޑރ.މުޢިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އުރުދުޣާންވަނީ ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ