Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަޤާމާއި ހަވާލުވިތާ ގަޑިއެއްހާއިރުތެރޭ ސްޓެލްކޯ އެމްޑީ މަސައްކަތަށް

މަޤާމާއި ހަވާލުވެ ވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މަސައްކަތަށް ނިކުމެވަޑައިގެންފިއެވެ.

ސްޓެލްކޯއިން ހާމަކުރިގޮތުގައި މަޤާމާއި ހަވާލުވިތާ ގަޑިއެއްހާއިރުތެރޭ ފަހުމީ ވަނީ މަސައްކަތަށް ހާޒިރުވެ ވަޑައިގެންފައެވެ. އަދި މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ އެ ކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ފަހުމީ ވަނީ ބައްލަވާލައްވާފައެވެ.

އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ޓްރާންސްފޯމަރެއް ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ އެމްޑީ ފަހުމީ ވަނީ ހަމައެއާއެކު އެ ޓްރާންސްފޯމަރާއި ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައި ކަމަށެވެ. ފަހުމީ ވަނީ އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ސްޓެލްކޯ އިން ބުނީ މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވަނީ ވެފައިކަމަށެވެ.
ސްޓެލްކޯ އިން ބުނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށެވެ.
މި ލިއުމާއި ގުޅޭ