Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިސްލާމިކް މިނިސްޓްރުގެ ނައިބަކަށް ހައްވާ ލަތީފް އައްޔަންކޮށްފި

އިސްލާމިކް މިނިސްޓްރުގެ ނައިބަކަށް ހައްވާ ލަތީފް އައްޔަންކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ހައްވަ އައްޔަން ކުރުމާ ގުޅިގެން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.

ހައްވާ ލަތީފަކީ ކުރިން އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ހުންނެވި ބޭފުޅެކެވެ. އަދި މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް އަންހެން ބޭފުޅުން އިސްކުރައްވައި އަންހެން ބޭފުޅުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށް ވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އިއްޔެ ވަނީ އަހުސަން އަލީ ވެސް އައްޔަންކޮށްފައެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް ވެސް އައްޔަންކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ