މާވެޔޮ މިސްކިތް ކައިރީ ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރު އެ ސަރަހައްދުން ނަގަން އެކުންފުނިން ނިންމައިފި އެވެ.
ސަރުކާރު ބަދަލުވެ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިއަދު ހަވާލުވެ ވަޑައިގެންނެވި ހުސައިން ފަހުމީ ވަނީ އެ ސަރަހައްދަށް ވަޑައިގެން ޓްރާންސްފޯމަރު ހުންނަ ތަން ބައްލަވާލައްވައިފަ އެވެ.
ޓްރާންސްފޯމަރާ ހެދި ވަމުންދާ އުނދަގޫތަކަށްޓަކައި އާއްމުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި މާވެޔޮ މިސްކިތް ސަރަހައްދުގައި އެ ޓްރާންސްފޯމަރު ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވެއްޖެއެވެ.