Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަރު ކޮމިޝަނުގެ ރިޕޯޓްތައް އާންމުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި މަރުކޮމިޝަނުގެ ރިޕޯތްތައް އާންމުކޮށް އެމައްސަލަތަކުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފިއެވެ.

ކުރިއަށްގެންދިޔަ ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓުތައް އާންމުކޮށް އެ ކަމުގައި އިހުމާލުވާ ދައުލަތުގެ އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ހަ ޖަމިއްޔާއެއް ހިމެނޭހެން މިވަނީ ގޮވާލާފައެވެ.

މި މައްސަލަ ބެލުމަށް ގޮވާލީ ހިއުމަން ރައިޓްސް ވޮޗް, ޓްރާންސްޕޭރެންސީ މޯލްޑިވްސް, ރިޕޯޓާސް ވިތައުޓް ބޯޑާސް, މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން, އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އަދި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްއެވެ.

ރާއްޖެއިން ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި މަރުކޮމިޝަނުން ކުރި ތަހުޤީޤީ ރިޕޯޓް އާންމުކޮށް ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އާއި ރިލްވާންގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލުނެވެ. ނަމަވެސް 22 ނޮވެމްބަރ 2022 ވަނަ ދުވަހު އެ ދައުވާތައް ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

މިކަމަކީވެސް އެ ޖަމިއްޔާތަކުން ކަންބޮޑުވާ ކަމެއް ކަމުގައި ވަނީ ބުނެފައެވެ. އަދި ތަހުގީގީ އިދާރާތަކުން މި މައްސަލަތަކުގެ ތަހުގީގުގައި ނިންމާފައިވާ ނިންމުންތަކާ މެދު އެ ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

މައްސަލަތައް ސިއްރުކުރުމުގެ އިތުރުން ނޫސްވެރިންނާ ދެކޮޅަށް ހިންގިފައިވާ ބޮޑެތި ކުށްތަކުގެ މައްސަލަތައް ސިޔާސީ ޕާޓީތަކުން އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ތަހުގީގީ އިދާރާތަކާއި, ޝަރުއީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު މުޅިން ހެން ނެތިގޮސްފައިވާކަން އެޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަންތައް އިސްލާހު ކުރުމުގެ ގޮތުން 4 ކަމެއް ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. އެގޮތުން, މަރު ކޮމިޝަން އުފެދުނީއްސުރެ 2023 އަށް ކޮށްފައިވާ މަސައްކަތްތަކާއި ހިންގާފައިވާ ތަހުގީގުތަކުގެ ފުރިހަމަ މައުލޫމާތު ރިޕޯޓު އާންމު ކުރުމާއި މައްސަލަތަކުގެ ތަހުގީގު މަރުހަލާ އަވަސްކޮށް ދައުވާ ކުރަން ޖެހޭ މީހުންނަށް ދައުވާ ކުރަން ވަނީ ގޮވާލާފަ އެވެ. އަދި މި މައްސަލަތައް ފެށިގެން މިއަދާ ހަމައަށް އެކި މަރުހަލާތަކުގައި އިހުމާލުވެފައިވާ އިދާރާތަކާއި, ފަރާތްތަކުގެ މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރުމަށާއި އަދި ކޯޓުން ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނިންމެވި ސަބަބުތައް ހާމަކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
މި ލިއުމާއި ގުޅޭ