Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޒަމީރު

ރައީސް ތުރުކީއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގެ ރަން ބާބެއްގެ ފެށުން: ޚާރިޖީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ދެ ގައުުމުގެ ދެމެދުގައި ގުޅުން ބަދަހިކުުރުމުގެ އާ ރަން ބާބެއްގެ ފެށުން ކަމަށް ޚާރިޖީ ވަޒީރު މޫސާާ ޒަމީރު ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާއި ރައީސް މުޢިއްޒު ބޭއްވެވި ރަސްމީ މަޝްވަރާތަކާ ގުޅޭ ގޮތުން ވަޒީރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާއިި ޓެރަރިޒަމާ ދެކޮޅަށް މަަސައްކަތް ކުރުމުގެ ދާއިރާތަކުން މުސްތަގުބަލުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މިއީ ތުރުކީއާއި ރާއްޖޭގެ ގުޅުމާއިި އެކުވެރިކަމުގެ އާ ރަން ބާބެއްގެ ފެށުންކަން ޔަގީންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގައި ރައީސް މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީވިލާތް ޚިޔާރުކުރެއްވުމަކީ އެމަނިކުފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ތުރުކީގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި މަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ލިއުމާއި ގުޅޭ