Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

އަންނަ އަހަރުން ފަށައިގެން ތުރުކީއިން ރާއްޖެއަށް 30 ސްކޮލާޝިޕް ދޭން ނިންމައިފި

އަންނަ އަހަރުން ފަށައިގެން ތުރުކީއިން ރާއްޖެއަށް ހާއްސަ ކޮށްގެން 30 ދަރިވަރުންނަށް ސްކޮލާޝިޕް ދޭން ނިންމައިފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. ރައީސް ޑރ. މުއިއްޒުވަނީ، އިއްޔެ އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި އެ މީހުންގެ ކަންބޮޑުވުންތަކާއި އެދޭ ކަންކަން އެމަނިކުފާނާއި ހިއްސާ ކުރައްވާފައިވެއެވެ.

އެގޮތުން، އެ ބައްދަލުވުމުގައި ތަމްރީނުތަކާއި ސްކޮލަރޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް ތުރުކީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒުގެ އަރިހުން އެދިފައިވެއެވެ. އޭގެ ފަހުން އެމަނިކުފާނު ތުރުކީގެ ސިޔާސީ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެއެވެ.

ރައީސުލްޖުމްޙޫރިއްޔާ ތުރުކީގެ ސިޔާސީ އިސްވެރިންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ރައްޔިތުންނަށް ތުރުކީގައި ތަމްރީނުތަކާއި ސްކޮލާޝިޕް ހާސިލްކުރުމުގެ ފުރުސަތުތައް އިތުރަށް ތަނަވަސް ކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ، އިއްޔެ ބޭއްވި ބައްދަލުވުމުގައި ތުރުކީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 30 ސްކޮލާޝިޕްގެ ފުރުސަތުތަކެއް އަންނަ އަހަރުން ފަށައިގެން ދޭނެކަމުގެ ޔަޤީންކަން އެ ޤައުމުގެ ސަރުކާރުން ދީފައިވާކަމަށެވެ.

މީގެ އިތުރުންވެސް، ތުރުކީގައި ދިރިއުޅޭ ރައްޔިތުން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުއިއްޒުގެ އަރިހުން ދިމާވާ އެހެން ދަތިތައްވެސް ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ބޭރުގައުމުތަކުގައި ނެގޭ ރުފިޔާގެ ލިމިޓުގެ ސަބަބުން ދިމާވާ ދަތިތަކާއި އަދި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ދިމާވާ ދަތިތައްވެސް ހިއްސާ ކޮށްފައިވެއެވެ. އަދި އެކަންކަމަށް ހައްލު ގެނައުމަށޤޓަކައި މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ