Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަނދުން ހުސައިން

ފުލެޓު ލިސްޓަށް ރައީސް އިބްރާހީމުގެ ސަރުކާރުން ޕޮއިންޓު ދިން ގޮތަށް އަނދުން ހުސެން ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި, ފުލެޓު ލިބޭ މީހުންގެ ލިސްޓުc އެކުލަވާލައިފައިވަނީ ދެފުށް ފެންނަ ގޮތަށް ނޫންކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ ތަމްސީލު ކުރައްވާ އެމްޑީޕީގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެން) ފާޑުވިދާޅުވެއްޖެއެވެ.

އަނދުން ހުސެން މިމޭރުމުން ފާޑުވިދާޅުވެފައިވަނީ ރައީސް އިިބްރާހިމްގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓު ލިބުނު މީހުންނަށް ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލު ކުރުމަށް ގޮވާލައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4,000 ފުލެޓު ލިބޭ މީހުން ކަނޑައަޅައި ޕޮއިންޓު ދީފައިވާއިރު އެކަން ކޮށްފައިވަނީ ދޯހަޅި އުސޫލަކުން ކަމަށް އަނދުން ހުސެން ވިދާޅުވިއެވެ.

''ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުުނު ފަރާތްތަކަށް ފުލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4,000 ޔުނިޓު ތެރޭގައި ފުލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން. އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްް ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތްކަމެއް ނޫން''

އޭނާ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫންކަމަށް ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި އެކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އޭނާއާ ހިސާބަށް ވެސް އައިސްފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަކުން މިފަދައިން ކަންކަން ކޮށްފާނެ ކަމަށް އޭނާ އުންމީދު ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އެފަދަ ޝަކުވާތަކާ ގުޅިގެން ބެއްލެވި ބެއްލުވުމުން އެނގިވަޑައިގަތީ ފުލެޓްތަކަށް ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ސަރުކާރަށް ވަގުތު ނުލިބިގެން އުޅުނު ކަން ކަމަށާއި ނަމަވެސް ރައްޔިތުން އެމްޑީޕީއަށް ފަސް އަހަރު ދިންކަމަށް ވެސް އަނދުން ހުސެން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މި ފުލެޓުތައް ހަވާލުކުރަން ކުރީ ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވައިފައެވެ. އަދި މި ސަރުކާރުން އަންނަނީ އެކަންކަން ކޮށްފައި އޮތް ގޮތް ބަލައި އިންސާފުވެރި ކަމާއެކު ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރަން ތައްޔާރުވަމުންނެވެ.
މި ލިއުމާއި ގުޅޭ