Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މިއީ އިންޑިއާއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާ ގުޅުން ބަދަހިކުރަންވީ ވަގުތު: ނަޝީދު

މިއީ އިންޑިއާއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާއެކު ގުޅުން ބަދަހި ކުރަންވީ ވަގުތު ކަމަށާއި އެކަމަށް ފަހި ފުރުސަތުތަކެއް އެބަ އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިއަދު އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތުން، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާއެކު ގުޅުން ބަދަހިކުރަން އިންޑިއާއަށް ފަހި ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ.
މި ފުރުސަތުގައި އިންޑިއާއިން އެންމެ ޕާޓީއަކާއެކު ގުޅުން ބަދަހިކުރުމުގެ ބަދަލުގައި ހުރިހާ ސިޔާސީ ޕާޓީތަކާ ގުޅުން ބަދަހިކުރަންޖެހޭ ކަމަށް، އިންޑިއާއާ ގާތް ގުޅުމެއް އޮންނަ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
"އިންޑިއާ- ރާއްޖޭ އެކުވެރުކަމަށް އޮތީ އުޖާލާ މުސްތަގުބަލެއް. އިންޑިއާއަށް ދިވެހިންގެ ހިތްތަކާިއ ސިކުނޑިތައް އަދި ނުގެއްލޭ،" އިންޑިއާއަށް ދިވެހިންގެ ވިސްނުމާ ކުޅެލެވިދާނެ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާ ދިވެހިން ދެކޮޅުވެ، ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގައި އެދުމުން ވެސް ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
އެ ނިންމެވުމާއެކު ނަޝީދު މިދިޔަ ހަފްތާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދިން ގައުމު ކަމަށެވެ. އަދި ދިވެހިން އިންޑިއާއާއި ދެކޮޅަށް ތެދުވުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ވިދާޅުވި އެވެ.
ދިވެހިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައްވާނެ ކަމުގެ ވައުދާއެކު އެވެ. މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިއްބެވެ.
އެހެންވެ، ރައީސް ޑރ. މުއިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަވުމުގައި، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ވަނީ އެދިފަ އެވެ.
މި ލިއުމާއި ގުޅޭ