Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާ ބެހޭ ޕްލޭން މި ހަފްތާގައި ލޯންޗުކުރަނީ

މުޖްތަމައު އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމާ ބެހޭ ޕްލޭނެއް މި ހަފްތާގައި ލޯންޗުކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
"ދިޔަރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ޒުވާނުންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މި ޒަމާނުގެ ޒުވާން ޖީލުގައި އުފެދިފައިހުރި ސުވާލުތަކަށް ޖަވާބު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެގޮތުން ޒުވާނުންގެ ސުވާލުތަކަށް ޖަވާބުދެވޭ ވަރުގެ ރަނގަޅު ޕްލޭންތަކާއި މި ޒަމާނުގެ މެތޮޑްތައް ބޭނުންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށް ވިދާޅުވި އެވެ.
"މި ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަހަރުގައި އެންމެ ބޮޑަށް މުހިންމުކަންދޭ، އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމާ ބެހޭ ޕްލޭން އަޅުގަނޑުމެން ލޯންޗުކުރާނަން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްލޭންގައި ބަލާލާފައިވަނީ އިސްލާމްދީނުގެ އާންމު އުސޫލީ ކަންތައް ނުވަތަ އިސްލާމްދީނުގެ އަސާސީ ރުކުންތަކަށް ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ މައްޗަށެވެ. އޭގެ ތެރޭގައި ޝަހާދަތް ކިޔުމާ ބެހޭ ވާހަކަތަކާއި، ނަމާދުކުރުމާ، ޒަކާތް ދިނުމާއި އަދި ރޯދަ ހިފުމާ ހައްޖުވުމާ ގުޅޭ ކަންތައްތައް ހިމެނެ އެވެ.
"އަޅުގަނޑުމެން ކީއްވެގެންހޭ ދެބަސްވާންޖެހޭ ކަންތައްތަކުގެ ތެރެއަށް ދީނީ އެކިއެކި ފިތުނަތަކުގެ ތެރެއަށް ވެއްޓިގަންނަންވީ. އޭގެ ތެރެއަށް ނުވެއްޓި އަޅުގަނޑުމެން އަސާސީ ކަންކަމުގެ މައްޗަށް މުޖްތަމައު ހިނގާށޭ ހޭލުންތެރިކަން އިތުރުކުރުމަށް،" ޑރ. ޝަހީމް ވިދާޅުވި އެވެ.
"ޒުވާނުންގެ ހިތްތަކުގައި ދީނަށް ލޯބި އިތުރުކުރުމަށް އިސްލާމްދީނުގެ ރުކުންތަކަށް ބޮޑަށް ލޯބި އިތުރުކުރުމަށް، އޭރުން އަމިއްލައަށް އިހްތިޔާރުގައި ޒުވާނުންގެ ހިތްތަކުގައި ދީނަށް އެ އޮންނަ ލޯބި އިތުރުވެގެންދާނެ މަޖުބޫރުކަމެއް ނެތި."
އެގޮތުން އެކުލަވާލާ ޕްލޭނަކީ ވަރަށް ރަނގަޅު ޕްލޭނަކަށް ވާނެ ކަމަށާއި އެ ޕްލޭންގައި ހުރި ކަންކަން މުޖްތަމައުއަށް، ޒުވާނުންނަށް ކިޔައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުންކޮށް، އެކަމަށް ހާއްސަ ސޯޝަލް މީިޑިއާ ޕްލެޓްފޯމަތައް ގާއިމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ދީނަށް ހޭލުންތެރިކުރުމުގެ އިތުރުން ހައްދުފަހަނަ އެޅުމުގެ ކަންތައްތަކާއި އިސްލާމްދީނަށް ފުރައްސާރަކުރުމެ މައްސަލަތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ހައްދުފަހަނަ އެޅުމާއި ހަރުކަށި ފިކުރުގެ ވިސްނުންތައް އެއީ ހަމަ ފިކުރީ މައްސަލައެއް. އެހެންވީމަ ފިކުރީ މައްސަލައެއް ހައްލުކުރެވޭނީ ފިކުރީ ގޮތުން މަސައްކަތް ކޮށްގެން، މާނައަކީ އިލްމު ފަތުރައިގެން އިލްމާއި ސަގާފަތް ފަތުރައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ