Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޭޑީކޭ ހޮސްޕިޓަލް

ހުޅުމާލޭ އެކްސިޑެންޓް: އޮޕަރޭޝަން ކުރިފަހުން ހާލު ސީރިޔަސްވި މީހާ ނިޔާވެއްޖެ

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރީ ހިގި އެކްސިޑެންޓުގައި އަނިޔާވެ، އަތް އޮޕަރޭޝަން ކުރި ފަހުން ހާލު އިތުރަށް ސީރިއަސްވި ފިރިހެން މީހާ ނިޔާވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ އެކްސިޑެންޓް ހިނގީ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި ދެ ސައިކަލްގައި ތިބި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ހަމައެރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
ހާލު ސީރިއަސްވި ދެމަފިރިންނަށް އެރޭ ހުޅުމާލެ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި ފަރުވާ ކުރިއަށްގެންގޮސް ޓެސްޓު ހަދައި ލޭމަނާކޮށް ޕްލާސްޓަރ އެޅުމަށްފަހުވެސް ބޮލަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ޑޮކްޓަރުންގެ އިރުޝާދާއެކު ޢާއިލާއިން އެދުނީ އެދެމީހުން އޭޑީކޭއަށް ފަރުވާ ބަދަލުކުރުމަށެވެ.
އެހެންވެ، އޭޑީކޭއަށް ބަދަލުކޮށް ޢައިޝަތުމަނިކުފާނާއި އޭނާގެ ފިރިމީހާ އިސްމާޢީލަށް އޭޑީކޭގައި ފަރުވާ ދެމުން ދިޔައިރު ވެސް އިސްމާއީލުގެ ހާލު ވަރަށް ސީރިޔަސްއެވެ. ބޮޑަށް ހާލު ސީރިއަސްވީ އޮޕަރޭޝަނެއް ކުރި ފަހުންނެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހެދުނު 11 ޖެހިއިރު އިސްމާއީލުގެ އަތުގެ އޮޕަރޭޝަނެއް ކުރެވުނެވެ. އަދި އެރޭ 9 ޖަހަންދެން އޭނާ އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި އޮޕަރޭޝަން ކުރިފަހުން ކޮލެޕްސްވެގެން ގަޑިއެއްހާއިރު ސީޕީއާރު ދެވުނު ކަމަށް އާއިލާއިން ބުނެއެވެ.
"އަތުގެ އޮޕަރެޝަން ކުރި ފަހުން ސީރިޔަސްވީ. ތިއޭޓަރަށް ވައްދާފައި އޮތްވާ އެރޭ 9 ޖެހިފަހުން ކޮލެޕްސްވެގެން ސީޕީއާރުވެސް ދެވުނު. އެރޭ 12 ޖެހިފަހުން ތިއޭޓަރުން ނެރުނީ، އޭރު އޮތީ ވެންޓިލޭޓަރުގައި." އާއިލާއިން ބުނެފައިވެ އެވެ.
އެ އޮޕަރޭޝަނަށް ފަހު ވެންޓިލޭޓަރުގައި އޮއްވައި އިސްމާއީލް ނިޔާވީ ރޭގެ ދަންވަރު 02:07 ހާއިރު އެވެ.
އިސްމާއީލުގެ އަންހެނުން ސ.ހިތަދޫ ކުރިބޯށިގޭ އައިޝަތު މަނިކުގެ ހާލުވެސް ސީރިޔަސް ކަމަށް އާއިލާއިން ވަނީ މައުލޫމާތުދީފައެވެ. އޭނާވެސް އޮތީ އައިސީޔޫގައެވެ. ޑޮކްޓަރުންނާއި ޙަވާލާދީ ޢާއިލާއިން ބުނީ ޢައިޝަތުގެ ބޮލަށާއި އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ.
އެކްސިޑެންޓުގެ މައްސަލައިގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، ފުލުހުން އަންނަނީ އިތުރަށް މައްސަލަ ތަހުޤީގުކުރަމުންނެވެ.
މި ލިއުމާއި ގުޅޭ