Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން

ދިވެހިން ފޮނުވި އެހީގެ ލޮރީތައް ޣައްޒާ ފޯރައިފިކަމަށް އައިއޭސީ އިން ބުނެފި

ދިވެހިންގެ އެހީގެ ޓްރަކްތައް ޣައްޒާއަށް ފޯރައިފިކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިން އިއްޔެ ބުނެފިއެވެ.

މެދުކެނޑުމެއްނެތި ނިރުބަވެރި އިސްރާއީލުން ދެމުން ދިޔަ އުދުވާނީ ހަމަލާއަށް މެދު ކަނޑާލިތާ މާ ގިނައިރެއް ނުވެ އެހީގެ ޓްރަކްތައް ފަލަޞޠީނަށް ވަދެފައިވެއެވެ. އައިއޭސީ އިއްޔެ އާނމުކުރި ވީޑިއޯގައި ބުނެފައިވަނީ، ކަރީމް އަބޫ ސާލިޙް މަގުން ދިވެހިން ފޮނުވި އަމާނާތް ޣައްޒާއަށް ވަދެފައިވާކަމަށެވެ.

"ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު ފުރަތަމައަށްވީ ދުވަހު، މިއަދު އަޅުގަނޑުމެން މިތިބީ ކަރީމް އަބޫ ސާލިމް ކްރޮސިންގެ ފަލަޞްޠީނާވީ ފަޅީގަ"
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ބުނެފައިވޭ
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ކޮށްފައިވާ ޕޯސްޓު

މިސްރު ބޯޑަރު ހުރަސްކޮށް ފަލަޞްޠީނަށް ވައިން އެހީގެ ލޮރީތައް ޣައްޒާއަށް ވަނުމުގައި ލަސްތަކަކާއި ކުރިމަތިވިއެވެ. އެއީ އެ ލޮރީތައް ޣައްޒާއަށް ވަނުމުގެ ކުރިން އިސްރޭލުން އެ ތަކެތި ހުއްޓުވާ ބަލާ ފާސްކޮށްފައިވާތީއެވެ. އެ ލޮރީތައް އިސްރޭލާވީ ފަޅިއަށް ގެންގޮސް ލޮރީ ބަދަލު ކޮށްފައިވާކަމަށް އައިއޭސީ އިން މަޢުލޫމާތު ދީފައިވެއެވެ.

އައިއޭސީ އިން ބުނެފައިވަނީ، ކަރީމް އަބޫ ސާލިޙް މަގުން ދިވެހިން ފޮނުވި އެހީގެ 6 ލޮރީގެ ސަބަބުން ހާލުގައި ޖެހިފައިހުރި ޣައްޒާގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. ސަބަބަކީ، އެ ލޮރީތަކުގައި ބަނޑުހައި ހޫނުކަން ފިލުވުމަށްޓަކައި ކާބޯތަކެތީގެ ބާވައްތަކެއް ހުރުމާއި ސިއްޙީ އެތައް އާލަތްތަކަކާއި ކޮންމެހެން ބޭނުންވާ ބޭސްތަކެއް އެ ލޮރީތަކުގައި ހުރުމުންކަމަށް އައިއޭސީ އިން ބުނެފައިވެއެވެ.

ދިވެހިންގެ ދީލަތި އެހީގެ ސަބަބުން ޣައްޒާގެ އިންސާނީ އެހީދޭ މުއައްސަސާތަކުން ދިވެހިންނަށް ޝުކުރުވެރިވާނެކަމަށް އައިއޭސީ އިން މަޢުލޫމާތު ދީފައިވެއެވެ. މިއީ ހަނގުރާމަ ފެށިފަހުން ދިވެހިންނަށް އެހީއާއި އެކު ޣައްޒާއަށް ވަނުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުންވެސް އައިއޭސީ އިން ބުނެފައިވަނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ދިވެހިން ޣައްޒާއަށް ފޮނުވާފައިވާ އެހީ ޣައްޒާގެ މުއައްސަސާތަކަށް ހަވާލު ކުރާ މަންޒަރު ފެންނާނެހެން ހެދުމަށްޓަކައި މަސައްކަތްކުރަމުން ދާކަމަށެވެ.

ހަނގުރާމަ މެދުކަނޑާލުމަށް މިސްރާއި ޤަތަރުން މުހިއްމު ރޯލެއް އަދާކޮށްފައިވެއެވެ. ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތައް މެދުކަނޑާލުމަށް އެންމެ ފުރަތަމަ އެއްބަސްވެފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވެއެވެ. ނަމަވެސް، އެންމެ ފަހުން ހަމާސް އަދި އިސްރާއީލްއާއި ދެމެދު ވެވުނު އެއްބަސްވުމުގައި އަދި އިތުރު 2 ދުވަހަށް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވެފައިވެއެވެ.

އިސްރާއީލްއިން ފަލަޞްޠީން އަށް ދެމުން ގެންދާ ހަމަލާތަކުގެ ޝިކާރައަކަށްވެ މިހާތަނަށް 14،000އަށް ވުރެއް ގިނަ މީހުން ޝަހީދުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ