Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

އޮންލައިންކޮށް ޕީޖީ އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭގޮތް ތަޢާރަފްކޮށްފި

އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭގޮތް ތަޢާރަފްކޮށްފިއެވެ.

ދައުލަތުގެ ފަރާތުން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރާ އޮފީސް ކަމަށްވާ، ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަޒީފާއަށް ހުށަހެޅޭނެހެން މަގުފަހިކުރީ، އެ އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލާއިރު ރައްކާތެރިކަމާއި ފަސޭހަކަން އިތުރުކުރުމަށްޓަކައެވެ. މި ތަޢާރަފާއިއެކު، ވެލާނާގޭގައި ހުންނަ ޕީޖީ އޮފީހަށް ނުގޮސް، އެމީހެއް ހުރި ތަނަކުން ޕީޖީ އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނެއެވެ.

ޕޯޓަލްއަށް ވަދެވޭނީ އެބޭފުޅެއްގެ އީ ފާސް ބޭނުން ކުރައްވައިގެންނެވެ. އަދި، ޕޯޓަލްއަށް ލޮގިން ވުމުން ޕީޖީއޮފީހުގައި ވަޒީފާގެ ފުރުސަތެއް އިންކަމަށް ވާނަމަ އެ ފުރުސަތުތައް ފެންނާނެކަމަށްވެސް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

އަދި މީގެއިތުރުންވެސް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގެ އާނމު މަޢުލޫމާތުތައް ހުންނާނީ ފުރާފައިކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެހެންކަމުން، ހަމައެކަނި ޖެހޭނީ ސީވީ އަދި ތަޢުލީމީ ގޮތުން ލިބިފައިހުރި ސަނަދުތަށް ހުށަހަޅާށެވެ.

އޭގެ އިތުރުންވެސް ޕީޖީއޮފީހުން ބުނެފައިވަނީ، މިވަގުތު ޕޯޓަލް އަށް ލޮގިން ވާ ފަރާތްތަކަށް 3 މަޤާމެއްގެ ވަޒީފާގެ ފުރުސަތު ފެނިގެންދާނެކަމަށެވެ. އެއީ، ޕަބްލިކް ޕްރޮސިކިއުޓަރ ގްރޭޑް 1 ގެ 3 މަޤާމެވެ.

އޮންލައިން ޕޯޓަލް: online.pgo.mv/login

ވަޒީފާއާބެހޭ މަޢުލޫމާތު ހޯދުމަށް: pgoffice.gov.mv/jobs

މި ލިއުމާއި ގުޅޭ