Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް ޑރ.މުޢިއްޒު ތުރުކީގެ ރައީސް އުރުދުޣާނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އުރުދުޣާނާ ބައްދަލުކުރެއްވިކަން ތުރުކީގެ ރައީސްގެ އޮފީހުން ހާމަކޮށްފައިވާއިރު މި ބައްދަލުވުމަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ތުރުކީއަށް ރައީސް ވަޑައިގެންނެވީ އިއްޔެއެވެ. މި ދަތުރުފުޅުގައި ތުރުކީ ސަރުކާރުގެ ވެރިންނާއެކު މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަވަން ހަމަޖެހިފައިވާކަމަށް، ރައީސް އަރިހުގައި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ޚަރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވެފައިވަނީ މި ދަތުރުފުޅުގައި ތުރުކީއާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެއާއި ތުރުކީގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށެވެ.

ރައީސަށް އިންތިޚާބު ކާމިޔާބުވެވަޑައިގަތުމާ ގުޅިގެން އުރުދުޣާންވަނީ އެމަނިކުފާނަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. އެ ފޯނު ކޯލުގައި ދެ ބޭފުޅުންވަނީ ފަލަސްޠީނު ރައްޔިތުންނާމެދު އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކާމެދު މަޝްވަރާކުރައްވައި އެކަމުގައި އެޅޭނެ ފިޔަވަޅުތަކާމެދު ޚިޔާލު ބަދަލުކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެންމެ އިސްވެރިޔަކު ތުރުކީއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި އުރުދުޣާނާއެކު ރައީސް ބޭއްވެވި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ރައީސަކު ތުރުކީގެ ރައީސާއެކު ރަސްމީކޮށް މިފަދައިން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

މި ލިއުމާއި ގުޅޭ