Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

އިހަވަންދިއްޕޮޅާއި ގާދޫގައި ކޮމާޝަލް ޕޯޓު ހެދުމުގެ މަޝްރޫއު ވަރަށް އަވަސް ކުރާނަން: މިނިސްޓަރު

ހއ.އިހަވަންދިއްޕޮޅާއި ލ.ގާދޫގައި ކޮމާޝަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިިއްޒުގެ ''ހަފްތާ 14'' ގައި ހިމެނޭ ބައެއް މަސައްކަތުގެ ތެރެއިން, ގާދޫ ކައިރީގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭގޮތައް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދި މާލޭ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.

ގާދޫ ކައިރީގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓްގެ ވާހަކަ ރައީސް އިއުލާނު ކުރެއްވީ ރިޔާސީ އިންތިޚާބުގައި އެ އަތޮޅު ފޮނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.

ރައީސް އޭރު ވިދާޅުވީ މުސްތަގުބަލަށްޓަކައި ހައްދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށާއި އެ ވިސްނުމުގައި މަސައްކަތް ކުރާނަމަ އެ އަތޮޅުގައި ހިންގަންޖެހޭ މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ކަމަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި, ގާދުއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާ ބަންކަރިންގ ފެލިސިޓީ ހިމެނޭ ތަނަކަށް ހެދުން ކަމަށާއި ފޮނަދުއާއި ގާދުއާ ދޭތެރޭ ހިއްކައިގެން ރިސޯޓެއް ތަރައްގީކޮށް ކޯޒްވޭއަކުން ފޮނަދޫއާއި ރިސޯޓާއި ގާދޫ ގުޅުވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގަތަރުގެ އާބަކޮން ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާއި މިދިޔަ އޮގަސްޓު މަހުގައި ވަނީ ހަވާލުކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރާ ޕޯޓް ސިޓީގައި ތެެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަންކަރިން ޚިދުމަތާއެކު ޝިޕިން އެޖެންސީއާއި ކްރޫ ޗޭންޖާއި ޝިޕް ހޭންޑްލިންގ ނުވަތަ ބޯޓުފަހަރު ސަރވިސް ކުރުމާއި މަރާމާތު ކުރުމާއޮ ސްޕެއަރ ޕާޓްސް ފޯރުކޮށްދޭނެއެވެ. ރައީސް މުޢިއްޒުގެ ވައުުދުފުޅުކީ ވެސް މި މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
މި ލިއުމާއި ގުޅޭ