Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޠާރިޤު

ރާއްޖޭގައި ޕްލާސްޓިކް ރީސައިކަލް ކުރެވޭނެ ފެސިލިޓީއެއް ހަދާނަން: ވަޒީރު ޠާރިޤް

ރާއްޖޭގައި ޕްލާސްޓިކް ރީސައިކަލް ކުރެވޭނެ ފެސިލިޓީއެއް ހަދަންޖެހޭ ކަމަށާއި އެފަދަ ފެސިލިޓީތައް ޕްރޮވައިޑްކޮށްދެއްވާނެ ކަމަށް ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

''ދިޔަރެސް'' އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ޕްލާސްޓިކަކީ ތިމާވެށްޓަށް ވަރަށް ބޮޑަށް ގެއްލުންދޭ ބާވަތެއް ކަމަށާއި ޕްލާސްޓިކްގެ ބާވަތްތަކުން މާހައުލަށް ލިބޭ ގެއްލުން ވަަރަށް ބޮޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިއްހަތަށް ވެސް ގެއްލުން ލިބޭކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޕްލާސްޓިކްގެ ބާވަތްތައް ރަނގަޅަށް މެނޭޖު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން ރާއްޖޭގައި މިހާރު ވެސް ރަނގަޅު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީރާއްޖޭގައި ޕްލާސްޓިކް ރީސައިކަލް ކުރެވޭނެ ފެސިލިޓީއެއް ހަދަންޖެހޭ ކަމަށާއި އެކަން ވެފައެއް އަދި ނެތް ކަމަށެވެ.

''އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކި ބާވަތްބާވަތުގެ ޕްލާސްޓިކް ފެސިލިޓީއެއް ރާއްޖޭގަ ހަދާނަން.''

ރާއްޖޭގެ އެކި ރަށްރަށުގަ ޕްލާސްޓިކް އެއްޗެހި ކަލެކްޓްކޮށްގެން ޚާއްސަކޮށް ފުޅި ކަހަލަ އެއްޗެހި, އެ އިންގޮތުގަ ގެންނަ ކަމަށްވަންޏާ އެ ފުޅީގެ ގޮތުގަ ގެންނަ ކަމަށްވަންޏާ ވަރަށް ބޮޑު ވޮލިއުމެއް, އެހެންވީމަ އެ ކޮމްޕެކްޓް ކުރެވޭނެ މެކޭނިޒަމް ވެސް ހަދަންޖެހޭނެ. އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ގިނަ ރަށްތަކުގަ ކޮމްޕެކްޝަން ފެސިލިޓީ ވެސް ޕްރޮވައިޑްކޮށްދޭން.'' ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕްލާސްޓިކް ރީސައިކަލް ކުރާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ.

މި ލިއުމާއި ގުޅޭ