Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިމާވެށި

ހިމާޔަތްކޮށްފައިވާ ތަންތަނުގެ މެނޭޖްމަންޓް ޕްލޭން ނިންމުމުގެ މަސައްކަތް ފަށަނީ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 91 ސަރަހައްދުގެ ތެރެއިން މިހާތަނަށް މެނޭޖްމަންޓް ޕްލޭން ހެދިފައިވަނީ އެންމެ ތިން ސަރަހައްދެެއްގެ ކަމަށާއި މި ފަސް އަހަރުތެރޭގައި ބާކީ ހުރި ތަންތަނުގެ މެނޭޖްމަންޓް ޕްލޭންގެ މަސައްކަތް ފައްޓައި ބެލެހެއްޓޭނެ ނިޒާމު ގާއިމުކުރައްވާނެ ކަމަށް ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިޔަރެސް'' އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ 1995 ފެށިގެން މިހާތަނަށް އައިއިރު މިދިޔަ 28 އަހަރުގައި ރާއްޖޭގައި 91 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި މޫދާއި އެއްގަމުގެ ސަރަހައްދުން އެއީ ޖުމްލަ 54 ހެކްޓަރު ކަމަށެވެ. ނަމަވެސް މިދިޔަ މުއްދަތުގައި މެނޭޖްމަންޓް ޕްލޭނެއް ހެދިފައި އޮތީ އޭގެތެރެއިން ތިން ސަރަހައްދުގެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

''ހިމާޔަތް ކުރެވިފަ ހުރީ. އެތަން ބެލެހެއްޓޭނެ ގޮތެއް ނެތް ގާއިމު ކުރެވިފައެއް. އެގޮތަށް ބެލެހެއްޓޭނެ ނިޒާމެެއް ގާއިމުކޮށްފައި މިއޮތީ އައްޑުއާއި ފުވައްމުލަކާއި އަދި ބ.އަތޮޅު ބަޔޮސްފިޔަރ ރިޒާވް''

މި ތަންތަން ވެސް ބެލެހެއްޓުމުގެ ނިޒާމު ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފަސް އަހަރުގައި މި ތަންތަނުގެ މެނޭޖްމަންޓް ޕްލޭން ހަދައި މި ތަންތަން ބެލެހެއްޓޭނެ ގޮތް ހަދައި މި ތަންތަނުގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ހޯދޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއީ ވަރަށް ބޮޑަށްސަރުކާރުން ކުރަން ބޭނުންވާކަމެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ