Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހާޖަރާގޭ ޢަބްދުﷲ ލުތުފީ

19 ދިވެހިން ޝަހީދުކޮށްލުމުގައި އިސްކޮށްހުރި ލުތުފީ މިއަދު މިނިވަންވަނީ

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމުގައި އިސްކޮށްހުރި ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ފިލައިގެން ދިޔަ މައްސަލާގައި ކުރި ހުކުމް ތަންފީޒުކޮށް ނިމި މިއަދު މިނިވަންވާނެއެވެ.

ލުތުފީ ފިލީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އޭނާއަށް ކުރި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010 ގައި ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުންނެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމް.

ނަމަވެސް އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އެ އަދަބު ލުއިކޮށްދެއްވައިި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރެއްވި.

އެ ހުކުމް މިދިޔަ ޖޫން މަހު ވަނީ ތަންފީޒުކޮށް ނިމިފައި.

ފިލި މައްސަލާގައި 10 މާޗު 2021 ގައި ލުތުފީގެ މައްޗަށް އިއްވީ 07 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ފިލި މައްސަލާގައި ލުޠުފީއަށް ކުރި ހުކުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށާއި މިއަދުގެ ވަގުތެއްގައި އޭނާ މިނިވަންވާނެ ކަމަށެވެ.

ލުތުފީ އިސްކޮށް ހުރެ ލަންކާގެ “ޕްލޮޓް“ ޖަމާއަތާއި ގުޅިގެން ނޮވެމްބަރު 3 ގައި ދިން ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލިއިރު އޭގެތެރޭގައި ސިފައިންގެ 08 ބޭކަލަކު ހިމެނެއެވެ.

މި ހަމަލާ ދިނުމުގައި ދިވެހިންގެ ތެރެއިން ބައިވެރިވި ބާޣީންގެ ތެރޭގައި މ.ދީފުރަމްއާގޭ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ވެސް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ