Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ގިނަ މަސައްކަތްތައް ނުނިމި ހުރުމުން މަޖިލީހުގެ ދައުރު ދަންމާލަނީ

ރައްޔިތުންގެ މަޖިލީހުގެ މިހާރު މިހިނގާ ތިންވަނަ ދައުރުގެ ޖަލްސާތައް ދަންމާލަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ތިންވަނަ ދައުރު ނިމުމަކަށް އައި އިރު، ދައުލަތުގެ ބަޖެޓު ފާސްކުރުން ވެސް ހިމެނޭ ގޮތަށް މި ދައުރުގައި ނިންމަންޖެހޭ ގިނަ މަސައްކަތްތައް ނުނިމި އެބަހުރި ކަމަށެވެ.
އެހެންވެ، މި ދައުރު ދަންމާލާނެކަން އަސްލަމް އިއުލާން ކުރެއްވީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
"މިއަދުގެ ވޯޓު ގަޑީގައި އެކަމަށް ވޯޓަށް އެހުން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.
މި ދައުރުގައި ނިންމަންޖެހޭ ގިނަ މަސައްކަތްތައް ނުނިމި ހުރިކަން މަޖިލީހުގެ ރިޔާސަތުން ހާމަކުރި އިރު، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގައި މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކެއް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މިދިޔަ އޮކްޓޯބަރު މަހު ހުށަހެޅުމާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅެއްގައި އުޅުއްވުމުން، އެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު އެހެން މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ނިންމެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
މި މަހު 13 ގައި ރައީސް ނަޝީދު އަމިއްލަފުޅަށް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުނު ފަހުންނެވެ. އޭގެ ކުރިން ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާ ނުކޮށްގެން ކުރި އިހްތިޖާޖުތަކުގެ ސަބަބުން މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވުނެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށް، އޭރުން ފެށިގެން ކުރިއަށް ގެންދިޔައީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ނަމަވެސް އެ މަސައްކަތް އަދިވެސް އޮތީ ނުނިމި އެވެ.
މި ލިއުމާއި ގުޅޭ