Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

ދާންދޫ ކައުންސިލުގެ ތިން މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގެންފި

ގއ.ދާންދޫ ކައުންސިލުގެ ތިން މެންބަރަކު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.
މިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގއ.ދާންދޫ ކައުންސިލުގެ ރައީސާއި ނައިބު ރައީސާއި ބައެއް މެންބަރުންނާ އިއްޔެ ބައްދަލު ކުރައްވައި ކައުންސިލު ބާރުވެރިކުރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކައުންސިލުގެ މަސައްކަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެވުނު ކަމަށާއި އެ ކައުންސިލުން އެކުލަވާލައިފައިވާ ބައެއް އުސޫލުތައް ހިއްސާ ކުރެއްވި ކަމަށެވެ.
އާދަމް ޝަރީފު ޢުމަރު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓް
''ދާންދޫ ކައުންސިލުގެ ގިނަ މެންބަރުން މިއަދު ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ކައުންސިލުން އެއްބާރުލުން ލިބޭނެކަން އަންގައިދޭ ކަމެއް. މަރުހަބާ!''
މިނިސްޓަރު ވިދާޅުވި ގޮތުން އެ ކައުންސިލުގެ ތިން މެންބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް އެއީ ވަކި ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ