Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ނިޒާރު

މި ހަފްތާ ނިމުމުގެ ކުރިން އައްޑޫއިން ގޯތި ދޫކުރަނީ

މި ހަފްތާ ނިމުމުގެ ކުރިން ގޯތި ލިސްޓު އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

"ދިޔަރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީން ދޭން ނިންމާފައިވާ ގޯތި ލިބޭ މީހުންގެ ލިސްޓުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެއްޖެ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން ގޯތި ލިސްޓު އާންމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ނިންފާއި އޮތް ގޮތަށް މިމަސްތެރޭ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނިޒާރު ވިދާޅުވިއެވެ
"އަޅުގަނޑުމެން މާކުރިންވެސް ސިޓީ ކައުންސިލުން ނޮވެމްބަރުގައި ގޯތި ދޭން ނިންމާފަ އޮތީ. މިހާރު އަޅުގަނޑުމެން ލިސްޓު ތަރުތީބު ކުރުމަށްފަހު މިހަފްތާތެރޭ އެކަން ކުރެވޭތޯ މިބަލަނީ."
އަލީ ނިޒާރު
މި އަހަރުގެ ކުރީކޮޅު އައްޑޫން ހަތަރު އަވަށަކުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުމީދޫ ހިމެނޭ ގޮތަށް 200 ގޯއްޗެކެވެ. މީގެ ތެރެއިން ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯތި ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.

މިގޯތިތަކުގެ އިތުރަށް އައްޑޫގެ އަވަށްތަކުން އަލަށް ހިއްކި ބިންތައް ބާކީ ޝަރުތުހަމަވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ގޯތި ދޫކުރަން މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ޢައްޑޫއިން ދޫކުރުމަށް ނިންމާފައިވާ 1000 ގޯތިތަކަށް ޝަރުތުހަމަވާ މީހުންގެ ލިސްޓެއް އާންމު ކުރީ މިދިޔަ އޯގަސްޓް މަހުއެވެ. ލިސްޓުގައި 4000 އަށް ވުރެ ގިނަ މީހުން ތިބި އިރު، އައްޑޫސިޓީ ކައުންސިލުން ވަނީ އެ ލިސްޓުގައި ހިމެނޭ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެ ލިސްޓުން މިހާރު އާންމު ކުރަން ޖެހެނީ ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދިނެވެ.

މި ލިއުމާއި ގުޅޭ