Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އައު ސަރުކާރަށް ޖެހި ދަންތުރައެއް: ނާޒިމް

2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ލުރީ ސަރުކާރުން އައު ސަރުކާރަށް ޖެހި ދަންތުރައެއް ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވުން ނާޒިމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ ބަޖެޓަކީ މިސަރުކާރަށް ޖަހާފައި އޮތް ދަންތުރައެއް ކަމަށާއި އެއީ އެންމެ ރަނގަޅަށް ހުށަހަޅާފައިވާ ބަޖެޓެއް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ 2024 ވަނައަހަރުގެ ބަޖެޓް އެކުލަވާލީ ކުރީ ސަރުކާރުގެ ފައިނޭންސް މިނިސްޓަރު ކަމަށާއި މިއީ ގަސްތުގައި މި ސަރުކާރަށް ޖެއްސި އުދަގުލެއް ކަމަށެވެ. އަދި އެކަމަށް ބާރުދެނީ ކުރީ ސަރުކާރުން ކޮށްދޭނެކަމަށް ވައުދުވެ، މަސައްކަތްފަށާ އެހެންނަމަވެސް ނުކުރެވި ހުރި ގިނަ ކަންކަން ކުރުމަށް މިބަޖެޓުގައި ހިމަނާފައިވާތީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނިމުނު ސަރުކާރުން އަމަލުކޮށްފައިވާގޮތުން، ވަކިން ޚާއްސަކޮށް މަސައްކަތް ކުރުވާފައި ފައިސާ ނުދިނުމުގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދިހަމައެއާއެކު ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާތީވެ، މިހާތަނަށް އައިރު މިސަރުކާރަށްވެސް، ކުރީ ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީވާ ފަރާތްތަކަށް ފައިސާ ދިނުމަށް އިންތިހާއަށް ދަތިވެފައިވާ ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

މަސައްކަތްކުރުވާފައިވާ ފައިސާ ނުދީވާތީވެ، ކޮންޓެރެކްޓަރުންވެސް އިންތިހާއަށް ޝަކުވާކުރަމުންދާ ކަމަށާއި، ސަޕްލިމެންޓަރީ ބަޖެޓަށް ފައިސާ ހަމަޖެހިފައި ނުވާތީވެ، ދައުލަތް ހިންގުމަށްވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް މިއަދު ނިންމާފައިވާއިރު މި ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކަށް ބޭނުންވާ ބަޖެޓު ހުށަހެޅުން މާދަމާގެ ޖަލްސާއަށް ވަނީ ތާވަލްކުރެވިފައެވެ.
މި ލިއުމާއި ގުޅޭ