Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޭޑީކޭ ހޮސްޕިޓަލް

ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި މީހާ އޮޕަރޭޝަނެއް ކުރި ފަހުން ހާލު ސީރިޔަސް

ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރީ ހިގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އަތް އޮޕަރޭޝަން ކުރުމުން އޭނާގެ ހާލު އިތުރަށް ސީރިޔަސްވެއްޖެއެވެ.

އެކްސިޑެންޓަށްފަހު ހުޅުމާލެ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި މި ދެމަފިރިންގެ ފަރުވާ ކުރިއަށްގެންގޮސް ޓެސްޓު ހަދައި އެކްސްރޭ ނަގައި ލޭމަނާކޮށް ޕްލާސްޓަރ އެޅުމަށްފަހުވެސް ބޮލަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ޑޮކްޓަރުންގެ އިރުޝާދާއެކު ޢާއިލާއިން އެދުނީ އެދެމީހުން އޭޑީކޭއަށް ފަރުވާ ބަދަލުކުރުމަށެވެ.

މިކަމާއި ގުޅޭގޮތުން "ދިޔަރެސް"އަށް މައުލޫމާތު ލިބުނު ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދެމަފިރިންނަށް އަދިވެސް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ޢައިޝަތުމަނިކުފާނާއި އޭނާގެ ފިރިމީހާ އިސްމާޢީލަށް ފަރުވާދެމުންދާއިރު އިސްމާއީލުގެ ހާލު ވަރަށް ސީރިޔަސްއެވެ.

އާއިލާއިން މައުލޫމާތުދިން ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހެދުނު 11 ޖެހިއިރު އިސްމާއީލުގެ އަތުގެ އޮޕަރޭޝަނެއް ކުރެވުނެވެ. އަދި އެރޭ 9 ޖަހަންދެން އޮޕަރޭޝަން އޭނާ އޮތީ ތިއޭޓަރުގައި ކަމަށާއި އޮޕަރޭޝަން ކުރިފަހުން ކޮލެޕްސްވެގެން ގަޑިއެއްހާއިރު ސީޕީއާރު ދެވުނު ކަމަށް އާއިލާއިން ބުނެއެވެ.

"އަތުގެ އޮޕަރެޝަން ކުރި ފަހުން ސީރިޔަސްވީ. ތިއޭޓަރަށް ވައްދާފައި އޮތްވާ އެރޭ 9 ޖެހިފަހުން ކޮލެޕްސްވެގެން ސީޕީއާރުވެސް ދެވުނު. އެރޭ 12 ޖެހިފަހުން ތިއޭޓަރުން ނެރުނީ، އޭރު އޮތީ ވެންޓިލޭޓަރުގައި."
އާއިލާ

އިސްމާއިލު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ. އެއެކްސިޑެންޓަށް ފަހު ހެދި ހުރިހާ ޓެސްޓުތަކުންވެސް އިސްމާޢީލުގެ ބޮލަށާއި އެތެރެ ހައްޓަށާއި ފުރާނައަށް ގެއްލުންވާފަދަ ނުރައްކާތެރި އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ޢާއިލާއިންވެސް ބުނެއެވެ. އިސްމާޢީލުގެ ވައަތު ފައި ބިންދައިގެން ގޮސްފައިވާތީ އަންގާރަ ދުވަހު ފައިގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އެއޮޕަރޭޝަނަށް ފަހުވެސް ހައި ޑިޕެންޑެންސީ ޔުނިޓުގައި އޮތްއިރު ބަރާބަރަށް ކައިބޮއެ ވާހަކަ ދައްކާ ޙަރަކާތް ކުރަމުން ދިޔަކަމަށް އާއިލާއިން ބުނެއެވެ.

އިސްމާއީލުގެ އަންހެނުން ސ.ހިތަދޫ ކުރިބޯށިގޭ އައިޝަތު މަނިކުގެ ހާލުވެސް ސީރިޔަސް ކަމަށް އާއިލާއިން ވަނީ މައުލޫމާތުދީފައެވެ. އޭނާވެސް އޮތީ އައިސީޔޫގައެވެ. ކްޓަރުންނާއި ޙަވާލާދީ ޢާއިލާއިން ބުނީ ޢައިޝަތުގެ ބޮލަށާއި އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ.

މި ދެމަފިރިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭޑީކޭއިން ފަރުވާ ހޯދަމުން އަންނަ އިރު އެޢާއިލާއަށް ވަނީ އާސަންދައިން ކަވަރުނުކުރާ ގިނަ ބިލްތަކަކާއެކު މާލީ ނުތަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެދެމަފިރިންނާއި ޢާއިލާގެ ޚަރަދު ބަލަހައްޓަމުން އައީ މިހާތަނަށްވެސް އިސްމާޢީލު އަދާކުރާ ވަޒީފާއިން ލިބޭ އާމްދަނީން ކަމަށްވެފައި ކުށެއްނެތި އޭނާއަށް މިލިބުނު އަނިޔާގެ ސަބަބުން އާމްދަނީގެ ދޮރުވެސް އެވަނީ ބަންދުވެ، އަލުން ދުޅަހެޔޮ ސިއްޙަތެއް ލިބުމާމެދުވެސް އުއްމީދު ކުޑަވެފައެވެ.

މިދެމަފިރިން ހުޅުމާލެއަށް ދިޔައީ އާއިލާއާ ބައްދަލުކުރުމަށެވެ. އާއިލާއިން ބުނާގޮތުން އިސްމާއީލް އަކީ އަބަދުވެސް މަގުމަތީ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ވަރަށް ހިތްހެޔޮ މީހެކެވެ.

މި ދެމަފިރިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭޑީކޭއިން ފަރުވާ ހޯދަމުން އަންނަ އިރު އެޢާއިލާއަށް ވަނީ އާސަންދައިން ކަވަރުނުކުރާ ގިނަ ބިލްތަކަކާއެކު މާލީ ނުތަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެދެމަފިރިން ނާއި ޢާއިލާގެ ޚަރަދު ބަލަހައްޓަމުން އައީ މިހާތަނަށްވެސް އިސްމާޢީލު އަދާކުރާ ވަޒީފާއިން ލިބޭ އާމްދަނީން ކަމަށްވެފައި ކުށެއްނެތި އޭނާއަށް މިލިބުނު އަނިޔާގެ ސަބަބުން އާމްދަނީގެ ދޮރުވެސް އެވަނީ ބަންދުވެ، އަލުން ދުޅަހެޔޮ ސިއްޙަތެއް ލިބުމާމެދުވެސް އުއްމީދު ކުޑަވެފައެވެ.
މިއީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓްގައި ދެ ސައިކަލްގައި ތިބި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ހަމައެރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

މި އެކްސިޑެންޓްގައި ޙާލުބޮޑުވެގެން ފަރުވާ ހޯދަމުން އަންނަނީ އިސްމާޢީލުގެ ދެމަފިރިންނެވެ.

މިމައްސަލައިގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކުރެވިފައެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ