Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްއޭއެމް

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކެޓްރީ އަކަށް ޖައުޝަން ހަމަޖައްސައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އިސްތިއުފާދެއްވުމާއި ގުޅިގެން އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން ޝަރީފް(ޖައު) ހަމަޖައްސައިފިއެވެ.

އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މީޑިއާ ތަކަށް ފޮނޮއްވި މެސެޖެއްގައި ވިދާޅުވީ ޖަވާޒްގެ އިސްތިއުފާ ބަލައިގެންފައިވާ ކަމަށާއި ފުޓުބޯޅަ އަށް ކޮށްދެއްވި ޚިދުމަތް ބަލައިގަނެ އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޖަވާޒް އިސްތިއުފާ ދެއްވަމުން ވިދާޅުވީ އެ ނިންމުމަކީ އުނދަގޫ ނިންމުމެއްކަމަށެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމާ ޖަވާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު ބޭއްވި އެ އިދާރާގެ އިންތިހާބަށްފަހުއެވެ.

ޖަވާ އިސްތިއުފާ ދެއްވިއިރު، އެފްއޭއެމްގެ ވެރިންނަށް ދަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އެދުމުގެ މަތިން ފުލުހުން ގެންދަނީ ތަހުގީގެއް ވެސް ކުރަމުންނެވެ.

އެފްއޭއެެމަށް ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެ އިދާރާއިން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޖަވާ އިސްތިއުފާ ދެއްވުމުގެ ކުރިން އެފްއޭއެމްގެ މުހިންމު ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިވެފައެވެ. އެމުވައްޒަފުން ވަކިވެފައިވަނީ މުސާރަ ނުލިބިނއެތައް ދުވަހެއް ވަންދެން މަސައްކަތް ކުރުމަށްފަހުގައެވެ.
މި ލިއުމާއި ގުޅޭ