ފާޑުކިޔުންތައް އަމާޒުވުމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު އެންމެ ފަހުން މާފަށް އެދިއްޖެއެވެ.
ލުބްނާ ދީނުގެ ބައެއް ކަންކަމަށް ފުރައްސާރަކޮށް ކޮށްފައިވާ ޓްވީޓުތަކެއްގެ ސްކްރީންޝޮޓުތަކެއް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ. ދީނަށް ފުރައްސާރަކޮށް އޭނާ ދައްކާފައިވާ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ލުބްނާ މަޤާމުން ވަކިކޮށްލުމަށްވެސް ދަނީ ގޮވަމުންނެވެ.
ލުބްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާފަށް އެދިފައެވެ. އޭނާގެ މަޤްސަދަކީ ދީނަށް ފުރައްސާރަކުރުން ނޫން ކަމަށާއި އޭރު ދެކެވިފައި ހުރި ވާހަކަތަކަށް އޭނާ ވަނީ މާފަށް އެދިފައެވެ.
ލުބްނާ ވިދާޅުވީ އޭނާގެ އެއްވެސް ޓްވީޓަކީ ދީނަށް އިހާނެތި ކުރުމުގެ ގޮތުން ކޮށްފައިވާ ޓްވީޓުތަކެއް ނޫން ކަމަށާއި އަދިވެސް ދީނުގެ މަތީގައި ސާބިތުވެ ހުރި ކަމަށެވެ.