Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްއޭއެމް

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމުން ޖަވާޒު އިސްތިއުފާދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އިސްތިއުފާދެއްވައިފިއެވެ.

މީޑިއާތަކަށް ޖަވާ މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމުން އޭނާ އިސްތިއުފާދެއްވާފައިވާ ކަމަށާއި ފާއިތުވެދިޔަ ދިގު މުއްދަތުގައި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން، އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ.

އެ ނިންމުމަކީ އުނދަގޫ ނިންމުމެއްކަން ފާހަގަ ކުރައްވި ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމާ ޖަވާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު ބޭއްވި އެ އިދާރާގެ އިންތިހާބަށްފަހުއެވެ.

ޖަވާ އިސްތިއުފާ ދެއްވިއިރު، އެފްއޭއެމްގެ ވެރިންނަށް ދަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އެދުމުގެ މަތިން ފުލުހުން ގެންދަނީ ތަހުގީގެއް ވެސް ކުރަމުންނެވެ.

އެފްއޭއެެމަށް ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެ އިދާރާއިން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޖަވާ އިސްތިއުފާ ދެއްވުމުގެ ކުރިން އެފްއޭއެމްގެ މުހިންމު ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިވެފައެވެ. އެމުވައްޒަފުން ވަކިވެފައިވަނީ މުސާރަ ނުލިބިނއެތައް ދުވަހެއް ވަންދެން މަސައްކަތް ކުރުމަށްފަހުގައެވެ.

މި ލިއުމާއި ގުޅޭ