Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގިނަ ދުވަސްތަކަށްފަހު ކޮވިޑް ޖެހިގެން ކުޑަކުއްޖަކު އެނދުމަތިކޮށްފި

ގިނަ ދުވަސްތަކަކަށްފަހު ކޮވިޑް-19 ޖެހިގެން ކުޑަކުއްޖަކު އެނދުމަތިކޮށްފިއެވެ.

ޑރ.ފައިސަލް ކުރި ޓްވީޓެއްގައި ވަނީ މިކަން ހާމަކޮށްފައެވެ.

ފައިސަލް ވިދާޅުވީ އެކުއްޖާއަށް ކޮވިޑް ޖެހުނީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ކަމަށެވެ. އެހެންކަމުން ހުރިހާ އެންމެންވެސް މިކަމަށް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބުނުގޮތުގައި ކޮވިދް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުންދަނީ އުމުރުން 5 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އަދި މިއީ ހަތަރު ފަސް ވަރަކަށް މަސް ފަހުން މިބަލީގައި ކުއްޖަކު އެނދުމަތިކުރި ފުރަތަމަ ފަހަރު ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލު ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 186،694 ކޭސް ފެންމަތިވެފައިވާއިރު 316 މީހުން މަރުވެފައިވެއެވެ. މި އަހަރުގެ މިހާތަނަށް ކޮވިޑު ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

މި ލިއުމާއި ގުޅޭ