Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި 30 މިލިޔަން ރުފިޔާ ދޫކޮށްފި: ޝިޔާމް

ކުރީގެ ސަރުކާރުން މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދީފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަސްވެރިންގެ އަތުން މަސްކިރުވާފަ ފައިސާ ނުދީ ގިނަ ދުވަސްވެފައިވާ ކަމަށާއި އެފައިސާގެ ތެރެއިން 30 މިޔަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ދީފައިވާ ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯއިން ނުދީ ހުންނަތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަނގަކުރައްވަމުން ޝިޔާމް ވިދާޅުވީ އައު ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށް ކަމަށެވެ. މިހާރު ނުދީ ބާކީ ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. މިއީ މިހާރު އޮތް ބެކް ލޮގަށް ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށްފަހު މަސް ދެމަސްވެގެންދާއިރު ފައިސާކޮޅު ނުލިބުމަކީ އޭގެ ސަބަބުން މަސްވެރި އާއިލާތަކަށް ގިނަ ގެއްލުންތައް ކުރިމަތިވާ ކަމެއް ކަމަށެވެ.

ކުރީގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޝިޔާމު ފާހަގަކޮށްލިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކުރީ ސަރުކާރުން ވަނީ މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ލިއުމާއި ގުޅޭ