ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 15,000 މީހުން ސޮއިކޮށްފިއެވެ.
''ދިޔަރެސް'' އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ވިދާޅުވީ އެ ޕާޓީއާ ގުޅުނު 15,000 އަށްވުރެ ގިނަ މީހުންގެ މެމްބަރޝިޕް ފޯމު މިހާރު ޕާޓީގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 11,000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އަފޫ ވިދާޅުވިއެވެ.
''މިހާރު ވެސް މިދަނީ ފޯމުތައް އީސީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން'' އަފޫ ވިދާޅުވިއެވެ.
ޕީއެންސީގެ ފުރަަތަމަ އަމާޒަކަށްވީ 10,000 މެންބަރުން ހަމަކުރުމެވެ. އެ އަދަދު މިހާރު ހަމަވެފައިވާއިރު މިހާރު ދަފުތަރުގައި ތިބި 3,000 އަށްވުރެ ގިނަ މެންބަރުންނާާއެކު އެ ޕާޓީއަށް ސޮއިކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު 20,000 އަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.