Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

މަސް ކިލޯއެއްގެ އަގު 20 ރ. އަށްވުރެ ދަށް ނުކޮށް ހިފަހައްޓާނަން: މިނިސްޓަރު

''ދިވެހީންގެ ރާއްޖެ'' މެނިފެސްޓޯގައިވާ ފަދައިން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކޮށް ހިފަހައްޓާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ ސަބްސިޑީ ދީގެން މަސްކިލޯއެއް 25 ރ. އަށް ނުގަނެވޭނެ ކަމަށާއިި މި ސަރުކާރުން މަސްކިލޯއެއް ގަތުމަށް ނިންމާފައިވަނީ ކިލޯއެއް 20 ރ. އަށްވުރެ ދަށްނުވާނެ ގޮތަށް ކަމަށެވެ. އަދި މިކަން މިގޮތަށް ނިންމީ މަސް ގަތުމަށް ދައުލަތުން ބޮޑު ސަބްސިޑީއެއް ދޭންޖެހޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންތިހާބާއި ދިމާކޮށް މިދިޔަ ސެޕްޓެމްބަރު މަހު އޭރުގެ ސަރުކާރުން ވަނީ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ މި އަގުގައި މަސް ގަންނަމުން ދިއުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ކުންފުނިތައް ހުއްޓި, ބައެއްގެ ވަޒީފާ ގެއްލެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
''ޕްރައިވެޓް ސެކްޓާއަކަށް ނެތް 25 ރުފިޔާއަށް ވިއްކޭކަށް. އެ ތަންތަނަކީ ވަރަށް ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަންތަން. ވަޒީފާ ގެއްލުމަކީ އެތައް އާއިލާއަކަށް ލިބޭނެ ނިކަމެތިކަމެއް. ހުރިހާ ފަރާތްތަކާ ވާހަކަ ދައްކައިގެން އުނދަގޫ ނުވާ އަގަކަށް ހަދާނަން.''
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މިފްކޯއިން މަސްވެރިންނަށްފައިސާ ދޫނުކުރާތާ ދެމަސްދުވަސްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިދިޔަ ހަފުތާތެރޭގައި އެކަނި ވެސް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ