Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީގެ މައުލޫމާތު އާންމުކޮށްފި

ޕީޕީއެމް އާ ދުރަށް ޖެހިވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ މިރޭ އިފްތިތާހް ކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް(ޕީއެން ފްރޮންޓް)އެވެ.

ޕާޓީގެ ލޯގޯ ފައިނަލް ކޮށްފައިވާއިރު، ޕާޓީ ރަޖިސްޓަރ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަަށް ހުށައެޅުމަށް ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީން މި ޕާޓީ އުފެއްދެވީ ޕީޕީއެމްގެ ރައީސް ގެ މަގާމުން އިސްތިއުފާ ދެއްވައި, އެ ޕާޓީން ވަކިވެ ވަޑައިގެންނެވުމަށް ފަހުއެވެ.

އެމަނިކުފާނު ޕީޕީއެމުން ވަކިވެ ވަޑައިގެންނެވީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެމަނިކުފާނާ ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މީޑިއާގައި މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ.

މި ލިއުމާއި ގުޅޭ