Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ރަޝިޔާ ޔުކްރެއިން ހަނގުރާމަ: ރޭގަ އެކަނިވެސް 70 ޑްރޯން ހަމަލާ ޔުކްރެއިނަށް

ރަޝިޔާ ޔުކްރެއިން ހަނގުރާމައިގައި ރޭގައި އެކަނިވެސް ޔުކްރެއިނަށް 70 ޑްރޯން ހަމަލާ އަމާޒުކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ރޭގައި ޔޫކްރައިންގެ ވެރިރަށް ކީވް އަށް ދިން ޑްރޯން ހަމަލާއަކީ މިހާތަނަށް ރަޝިޔާއިން ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާ ކަމަށެވެ. މިހަނގުރާމައަށް މިހާރު މިވަނީ 2 އަހަރުވެފައެވެ.

ރޭގައި ކީވް އަށް އެކަނިވެސް 70 ޑްރޯން ހަމަލާ ރޭ ވަނީ އަމާޒުކޮށްފައެވެ. މިހަމަލާގައި 5 މީހަކު ޒަހަމްވެފައި ވީނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވާ ގޮތުން މިއީ ގަސްތުގައި ދިން ޓެރަރިސްޓް ހަމަލާއެކެވެ.

ޔޫކްރައިން އިން ބުނީ، ރަޝިއާއިން ރޭ ކީވް ގެ އެކިއެކި ސިޓީތަކާއި އަވަށްތަކަށް އަމާޒު ކޮށް ޑްރޯން ހަމަލާގެ 75 ހަމަލާއެއް ދިން ކަމަށާއި އޭގެ ތެރެއިން 71 ޑްރޯންއެއް ވައްޓާލެވިފައި ވާ ކަމަށެވެ. އަދި މީގެ ތެރެއިން 70 ޑްރޯނެއް ގޮވައިގެން ވެއްޓުނު އިރު އެކިއެކި ސަރަހައްދުތަކަށް އެރި ކަމަށާއި މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެކިއެކި އަވަށްތަކުން ބައެއް އިމާރާތްތަކަށް ގެއްލުން ވެފައި ވާކަމަށް ވެސް ޔޫކްރައިންގެ އިދާރާތަކުން ވަނީ ބުނެފައެވެ.

މިހަމަލާ އާ ގުޅިގެން ރަޝިއާއިން އަދި ވާހަކަ ދައްކާފައި ނުވާ އިރު ޔޫކްރައިން އިން ބުނެފައި ވަނީ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެގައުމުގައި ހުންނަ ހަކަތައިގެ ވިއުގަތަކަށް ކަމަށެވެ. އެގޮތުން ހަމަލާ އަމާޒުވި ބައެއް ވިއުގަތަކަށް ލިބުނު ގެއްލުމާއެކު ވެރިރަށް ކީވް އިން ސަރުކާރު އިމާރާތްތަކުގެ 200 އިމާރާތަކުން ކަރަންޓް ކެނޑުނު ކަމަށާއި އާންމުން ދިރިއުޅޭ 70 ވަރަކަށް އިމާރާތުން ކަރްންޓުގެ ހިދުމަތް ކެނޑުނު ކަމަށެވެ.

ދެގައުމުގައި ހަނގުރާމަ ބަދަލުކުރަމުންދާއިރު ޔޫކްރައިން އިން ވެސް ގެންދަނީ ރަޝިއާއިން ހިފާފައި ވާ ކްރިމިއާ އާއި ޔޫކްރައިންގެ އިރުމަތީ ބިތުން ރަޝިއާ ހިފާފައި ވާ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ކްރިމިއާ މަތިން 13 ޑްރޯނެއް އަދި އިރުމަތީ ބިތުގެ ވޮލްގޮރޮޑް އިން 3 ޑްރޯން ވައްޓާލި ކަމަށް ރަޝިއާއިން ބުނެފައި ވެއެވެ.

ޔޫކްރައިންގެ ހަބަރުތައް ބުނާގޮތުން، ފިހާރަފިހާރައިގައި ވިއްކަން ހުންނަ ޑްރޯން ގަނެ އެގައުމުގެ އެކިއެކި ކުންފުނިތަކުން ދަނީ އެ ޑްރޯންތައް މޮޑިފައި ކޮށް، ކުދިކުދި ގޮވާ ހަތިޔާރު އުފުލޭގޮތް ހަދާ އަސްކަރިއްޔާ އާ ހަވާލު ކުރަމުންނެވެ. އޭގެ ބޭނުމަކީ އަގުހެޔޮ ކޮށް ހަތިޔާރު އުފައްދާ، ރަޝިއާގެ މަގާމުތަކަށް ހަމަލާ ދިނުމެވެ.

މި ލިއުމާއި ގުޅޭ