Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިންޑިޔާގައި އުފެއްދި ފުރަތަމަ ފައިޓާޖެޓް މޯދީ ދުއްވާލައްވައިފި

އިންޑިޔާގައި އުފެއްދި ފުރަތަމަ ފައިޓާޖެޓް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދުއްވާލައްވައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފައިޓާޖެޓަކީ އިންޑިއާގެ އެއާފޯސްގައި ބޭނުން ކުރާ މިގް 21 މަރުކާގެ މުސްކުޅި އަސްކަރީ މަތިންދާބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރަން އުފައްދަން ފެށި ލުއި އަދި ކުދި ޖެޓެކެވެ. މިޖެޓް އެންމެ ފުރަތަމަ ދުއްވީ މޯދީއެވެ.

ހިސްދުސްތާން އެއުރޮނޯޓިކްސް ލިމިޓެޑެން އިންޑިއާގެ އެއާފޯސް އަށް އުފައްދައިދޭ މި ކުޑަ އަދި ލުއި ފައިޓާޖެޓް ދުއްވާލައްވަން އެ ބޯޓަށް އަރައިވަޑައިގެން މޯދީ ވަނި ފޮޓޯތަކެއް އާންމު ކުރައްވާފައެވެ.

1980 އިން ފެށިގެން ތަރައްޤީ ކުރަމުން އަންނަ ފައިޓާ ޖެޓުގައި ހުންނާނީ އެއް އިންޖީނެވެ. މި ޖެޓުގައި ބޭނުންކުރި ހުރިހާ އެއްޗަކީވެސް އިންޑިޔާގެ އުފެއްދުންތަކެވެ. އެހެންކަމުން މިއީ 100 އިންސައްތަ އިންޑިޔާގެ އުފެއްދުމެކެވެ. މިހާރު މަސައްކަތް ނިންމާ ހިދުމަތަށް ނެރެފައި ވާ އިރު، އެއާފޯސްގައި ބޭނުން ކުރާ މުސްކުޅި މިގް 21 ގެ ބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރަން 324 ބޯޓު ހަދަން ވަނީ ނިންމާފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުން މިޖެޓުގެ ބާރު ސްޕީޑަށް އެމެރިކާއިން ވަނީ ތައުރީފްކޮށްފައެވެ. އަދި މި ބާވަތުގެ ޖެޓްތައް އިންޑިއާ އާ ގުޅިގެން އުފައްދަން އެމެރިކާއިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މިޖެޓް އުފައްދާފައިވަނީ ވައިގެ ތެރޭގައި ތެޔޮ އެޅޭ ގޮތަށް އަދި އިލެކްޓްރޯނިކް ރޭޑާ އާއި އިލްކެޓްރޯނިކް ވޯފެއާ ސޫޓު ހިމަނާފައެވެ. އަދި މިސައިލް ހަރުކޮށް، ވައިގެ މަގުން އެއްގަމަށް ވެސް ހަމަލާ ދިނުމުގެ ގާބިލުކަންވެސް މީގައި ހިމަނާފައި ވާ ކަމަށާއި އާންމުކޮށް ބޭނުން ކުރާ ހަނގުރާމަމަތީ ބޯޓުތަކަށް ވުރެ ކުޑަވަގުތުކޮޅެއްގައި މި ބޯޓަށް ބޭނުންވާ ހަތިޔާރު ބަރުކޮށް އުދުހިގެން ދެވޭނެ ކަމަށް ވެސް ބުނެއެވެ.
މި ލިއުމާއި ގުޅޭ