Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު މަޖިލީހަށް ހާޒިރުކުރަނީ

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ފެތޭ ގޮތަށް އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ތައުލީމީ ކަލަންޑަރަށް ގެނައި ބަދަލާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

ތައުލީމީ ކަލަންޑަރަށް މި ބަދަލުތައް ގެންނަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ސުވާލު ކުރުމަށްޓަކައި މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް އެދިވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމެވެ.

ރޮޒެއިނާ ވިދާޅުވެފައި ވަނީ އެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރައްވަން ނިންމެވީ، 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރައްވާނެ ކަމަށް، މިނިސްޓަރު ވިދާޅުވެފައިވާ އިރު، އެކަމުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށް އަސަރުކޮށް އެ ކުދިންގެ އުމުރުން ބައެއް އަނެއްކާވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބެލެނިވެރިންނަށް އޮތުމުން ކަމުގައެވެ.

އެ ބަދަލާގުޅިގެން މިހާރު ހިނގަމުންމިދާ ދިރާސީ އަހަރު 2024 ވަނަ އަހަރުގެ ޖޫން މަހުގައި ނިމޭ އިރު، އެ ތާރީހާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނަވާފައިވާ ގޮތަކީ ކޮބައިކަން އޮޅުންފިލުއްވުމަށް ރޮޒައިނާ ބޭނުންފުޅު ވެއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވެފައި ވަނީ ދިރާސީ އަހަރު ފެށުމަށް ގެންނަ ބަދަލު ގެންނަވަން މަސައްކަތް ކުރައްވަނީ 2025 ވަނަ އަހަރުން ފެށިގެން ކަމަށާއި އެންމެ ލަސްވެގެން 2026 ވަނަ އަހަރުން ފެށިގެން އެ ގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.

ކުދީންނާއި ޓީޗަރުން ތައުލީމީ ކަންކަމުގައި ވަރަށް ބުރަކޮށް އުޅުމަށްފަހު ދެވޭ ޗުއްޓީއަކީ އެމީހުންގެ ސިކުނޑިތަކަށް ލުއިދީ، ދަތުރުފަތުރުކޮށް، ތާޒާވެލުމަށް ދެވޭ ވަގުތުކޮޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ސްކޫލު ޗުއްޓީތައް ކަނޑައަޅާފައި ހުންނަނީ އެ ގައުމަކަށް އަންނަ ދަތުރުފަތުރު ކުރުމަށް އެންމެ ރަނގަޅު މޫސުމަށް ބަލައިގެން ކަމަށާއި، ރާއްޖޭގައި މިހާރު ބޮޑު ޗުއްޓީ ދެނީ މޫސުން އެންމެ ގޯސް ދުވަސްވަރުއެވެ.

ކުރީ ސަރުކާރުން ދިރާސީ އަހަރު ބަދަލު ކުރީ އެތައް ބެލެނިވެރިން އެކަމާމެދު ނުރުހުންވެ ޝަކުވާ ކުރަމުން ދަނިކޮށެވެ. އެއާއެކު އައު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ކެމްޕެއިން ތެރޭގައި އެކަން އިހު އޮތް ގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ