Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ކަރެކްޝަންސަށް ގައިދީން ހާޒިރުނުކުރެވިގެން މޭ 6 ހަމަލާގެ ޝަރީޢަތް މިއަދު ނުބޭއްވުނު

ކްރިމިނަލް ކޯޓުގައި މިއަދު ބަލަން ހަމަޖެހިފައި އޮތް ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރު މޭ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިޒަމް ހަމަލާގެ ޝަރީއަތް މިއަދު ނުބޭއްވުނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތުވާ މީހުންނާއި ދެކޮޅަށް މިއަދު ކްރިމިނަލް ކޯޓުގައި ހެނދުނު 10:00އަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން މަޢުލޫމާތުދީފައިވާ ގޮތުގައި، މިއަދު ހެނދުނަށް ތާވަލުކޮށްފައިއޮތް ޝަރީއަތް ކެންސަލް ކުރަން ޖެހުނީ މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރު ނުވުމުންނެވެ. އެމީހުން ތިބީ ޖަލުގައި ކަމަށާއި، ކަރެކްޝަނަލް ސާވިސްއިން އެމީހުން ކޯޓަށް ހާޒިރުކޮށްފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށްދަނީ 6 މީހެއްގެ މައްޗަށް ކުރެވޭ ތެރަރިޒަމްގެ ދައުވާއާއި ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެ 6 މީހުންނަކީ، ގޮވާތަކެތި އުފުލުމަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ ތަހްމީން އަހްމަދާއި، ކުށްވެރިޔަކު ފިލުވަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ މުޖާޒް އަހްމަދާއި، ހަމަލާ ރޭވުމުގައި ބައިވެރިވި އަލީ ހައިޝަމްއާއި، ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށް ތުހުމަތު ކުރެވޭ ފަހުމީ ޢަލީއާއި، ނަޝީދަށް ފާރަލި ކަމުގެ ތުހުމަތު ކުރެވޭ އިސްޙާޤްއާއި އަދި ބޮން ގޮއްވައިލުމަށް ރިމޯޓު ދިންކަމަށް ތުހުމަތު ކުރެވޭ މުޙައްމަދު ނާޒިމްއެވެ.

މީގެ އިތުރުންވެސް، އެ މައްސަލައާއި ގުޅިގެން މައްސަލަ ބައްލަވަމުން ގެންދަވާ ޤާޞީ ސޮފްއަތު ޙަބީބު ވިދާޅުވީ، އެ މައްސަލައަށް ވަކި ހާއްސަ ކަމެއް ދީގެން އަވަސް ކުރެވެން ނެތް ކަމަށެވެ. ޤާޞީ ވިދާޅުވިގޮތުގައި، ކްރިމިނަލް ކޯޓުގައި ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ގިނައެވެ. އަދި މީގެ އިތުރުންވެސް، އެ ކޯޓުގައި ޖާގައިގެ ދަތިކަންވެސް ހުރިކަން ޤާޞީ ފާހަގަކުރައްވާފައިވެއެވެ.

ނަޝީދަށް ދިން ހަމަލާގައި ހުކުމަކާއި ހަމައަށް ގޮސްފައިވަނީ ހަމައެކަނި އަހްމަދު އަދުހަމް ރަޝީދަށް ކުރެވުނު ދައުވާގައެވެ. އޭނާގެ މައްސަލަ އަވަސް ނިއާގެ މައްސަލައަށް ބަދަލުވެގެން ދިޔައީ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އަދުހަމް އިއުތިރާފުވުމުންނެވެ. އަދުހަމް ތަޙުޤީޤަށް ދިން ބަޔާނުގައި ގުނެފައިވަނީ އޭނާ އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލިކަމަށާއި، އޭނާ ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށްކަމަށް ބުނެފައިވެއެވެ.

މީގެ އިރުުންވެސް އެ މައްސަލައާއި ގުޅިގެން ތަސްލީމާއި އަލި މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއެވެ. އެގޮތުން އަލިމަކުގެ މައްޗަށް ކްރިމިނަލް ކޯޓުން 5 އަހަރުދުވަހުގެ ޖަލުނުކުމެއް އިއްވާފައިވެއެވެ.

އެ މައްސަލައިގައި ފާތިހުގެ ޝާމިލުވުމެއް ވާކަން ޝައްކެއްވެސް ނެއް މިންވަރަށް ކުށް ސާބިތުރުމަށް ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައެއް ނުވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ހެކި ލިބޭ ގޮތަކުން އިތުރު ދައުވާކުރެވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ރޭޒާ ފުއްތަކަކާއި ބާޒާރު މަތިން އާނމުކޮށް ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ފަރުމާކުރި ބޮމަކީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިޑީކަމަށް ރަސްމީ އިދާރާތަކުން ބުނެފައިވެއެވެ. މި މައްސަލައިގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާވައިގެން ދިން ހަމަލާއެކެވެ.

މި ލިއުމާއި ގުޅޭ