Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ރައީސާ, ވެރިކަން ކުރަން ފުރުސަތު ދޭންޖެހޭ: ޝަމްޢާން

ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކާ ކަމަށާއި އެހެންކަމުން އެ ކަންކަން ހާސިލުކުރުމަށް އެމަނިކުފާނަށް ފުރުސަތު ދޭންޖެހޭ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގުރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މި މަހުގެ 19 ވަނަ ދުވަހު އައްޔަން ކުރެއްވި ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ފިކުރުގެ އަދި ސިޔާސީ ފިކުރު ނެތް އެތަކެއް ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަމްޢާންގެ ޕޯސްޓުގައި ވަނީ މި ގައުމު ވެއްޓިފައި މިވާ އަނދަވަޅުން ނަގައި އަނބުރާ ކޮޅަށް ޖަހަން ރައީސް މުޢިއްޒާއެކު ތިބުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.

ރައީސް މުޢިއްޒުގެ ''ދިވެހީންގެ ރާއްޖެ'' މެނިފެސްޓޯގައި ވަނީ އެކި ދާއިރާތަކުން ރައްޔިތުންނަށް މުހިންމު މަޝްރޫއުތައް ހިންގުމަށް ހިމަނައިފައެވެ. ވެރިކަމަށް ހަތް ދުވަސްވީއިރު އެއިން ބައެއް ކަންކަން ތަންފީޒު ކުރައްވައި ދެން ހުރި ކަންކަމުގެ މަސައްކަތްތައް ވަނީ ފަށްޓަވައިފައެވެ

މި ލިއުމާއި ގުޅޭ