Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ރައްޔިތުންނަށް މަންފާހުރި ވެރިކަމަކަށް ހެދުމަށް ރައީސާއެކު ސާބިތުވެ ހުންނާނަން: ނައިބު ރައީސް

މިވެރިކަމަކީ ރައްޔިތުންނަށް މަންފާވަނިވި ވެރިކަމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ދެމިހުންނަވާނެކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު އެކްސްއަށް ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ޝާއިއުކޮށްފައިވާ ފޮޓޯތަކުން ދޭހަވާގޮތުގައި، އެމަނިކުފާނު މިހެންވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމަށް ނިންމެވުމާ ގުޅިގެންނެވެ.

ނައިބުރައީސް އެކްސްއަށް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޑރ. މުއިއްޒުގެ ވެރިކަމަކީ އެމަނިކުފާނާއި އިތުރު އެތައް ބައެއް ގުޅިގެން، އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމުގައެވެ. އަދި މި ވެރިކަން އައުމަކީ ރައްޔިތުންގެ މިންނެއް މަސައްކަތުގެ ނަތީޖާކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

އަދި މީގެ އިތުރުންވެސް އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ކަމުދިޔައީ ރައީސް ޑރ. މުއިއްޒުގެ ތަސައްވުރު ކަމުގައެވެ. އަދި ހަމައެފަދައިން، ރައީސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތުކަމަކަށް ނައިބުރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ވެރިކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ކުރުވަނިވި ވެރިކަމަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. އަދި އެފަދަ ޤައުމެއް ބިނާކުރެވޭތޯ އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދިވެހި ރައްޔިތުންނަށް ދެއްވާފައިފައިވެއެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމަށް ނިންމެވުމާއެކު، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުންގެ އިތުރަށް ދެ ޕާޓީގެ އާންމު މެންބަރުން ގެންދަވަނީ ރައީސް ޑރ.މުޢިއްޒުގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބަވާނެކަމަށް ވިދާޅުވަމުންނެވެ.

މި ލިއުމާއި ގުޅޭ